ބާސެލޯނާ

ބާސާގެ އޯލްމޯއަށް އަނިޔާވެ ކުޅުމާ ދުރަށް

ބާސެލޯނާގެ މިޑްފީލަޑަރު ޑަނީ އޯލްމޯ -- ފޮޓޯ: ފުޓްބޯލް ކްލަބް ބާސެލޯނާ
0%
0%
0%

ސްޕެއިންގެ ވަރުގަދަ ކުލަބު ބާސެލޯނާގެ މިޑްފީލަޑަރު ޑަނީ އޯލްމޯއަށް އަނިޔާވެ، ކުރިއަށް އޮތް ފަސް ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

މި ސީޒަނުގައި އަލަށް ބާސާއަށް ބަދަލުވި ކުޅުންތެރިޔާއަށް އަނިޔާވީ މި ހަފްތާގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ބާސާގެ އާ ސައިންސްގެ ގޮތުގައި މި ސީޒަނުގައި ގެނެވުނު އޯލްމޯ، މިހާތަނަށް ވަނީ އެ ޓީމަށް ކުޅުނު ހުރިހާ މެޗެއްގައި ގޯލު ޖަހައިދީފަ އެވެ. ނަމަވެސް އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން، ކުރިއަށް އޮތް ބައެއް މުހިއްމު މެޗުތަކުގައި އޭނާއަށް ބައިވެރިނުވެވޭނެ ކަމަށް ބެލެވެ އެވެ.

ބާސާގެ ކޯޗު ހަންސީ ފްލިކް އަށް މިއީ ބޮޑު ގޮންޖެހުމެކެވެ. ޗެމްޕިއަންސް ލީގާއި، ލަ ލީގާގެ ގިނަ މެޗުތަކެއްގައި އޯލްމޯ އަކީ މުހިއްމު ދައުރެއް އަދާކުރާނެ ކުޅުންތެރި އެކެވެ. އަދި މީގެ އިތުރުން ސްޕެއިންގެ ގައުމީ ޓީމަށްވެސް މިއީ ލިބޭ ބޮޑު ގެއްލުމެކެވެ.

އެކަމަކު މިއީ ބާސާގައި ތިބި ޒުވާން އެހެން ކުޅުންތެރިންނަށް އަމިއްލަ ގާބިލުކަން ދައްކާލުމުގެ ރަނުގެ ފުރުސަތެކެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ބާސާގެ ކުޅުމަށް އަންނާނެ ބަދަލުތަކަކީ ކޮބައިތޯ ބެލުމަށް ގިނަ ބަޔަކު ޝައުގުވެރިވާނެ ކަމަށް ބެލެވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910