އުރީދޫ

އޫރީދޫ މޯލްޑިވްސްއަށް ބިލިއަނަކަށް ވުރެ ބޮޑު އާމްދަނީއެއް

އޫރީދޫ މޯލްޑިްވްސްއަށް މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

އުރީދޫ މޯލްޑިވްސް އިން އާންމުކުރި ކުއާޓާލީ މާލީ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީގެތެރެއިން ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 554 މިލިއަން ރުފިޔާ އެވެ. އަދި ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 540.7 މިލިއަން ރުފިޔާ އެވެ.

މީގެ ތެރެއިން ޓެކުހުގެ ގޮތުގައި އޫރީދޫ އިން ސަރުކާރަށް ދައްކާފައިވަނީ 64 މިލިއަން ރުފިޔާ އެވެ. މިއީ ލިބުނު ޖުމްލަ އާމްދަނީގެ ހަތް އިންސައްތަ އެވެ.

އުރީދޫއަށް ލިބުނު ޖުމްލަ އާމްދަނީގެ ތެރޭގައި މޯބައިލް ހިދުމަތްތަކުން ދެ ކުއާޓަރުގައި ލިބުނު 845.1 މިލިއަން ރުފިޔާއާއި، ފިކްސްޑް ބްރޯޑްބޭންޑްއާއި އެންޓަޕްރައިސް އިން ލިބުނު 249.1 މިލިއަން ރުފިޔާގެ އިތުރުން އެހެނިހެން އާމްދަނީގެ ގޮތުގައި ލިބުނު 395 މިލިއަން ރުފިޔާ ހިމެނެ އެވެ.

މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި ޓެކްސް ދެއްކުމުގެ ކުރިން ދެ ކުއާޓަރުގައި ޖުމްލަ 400 މިލިއަން ރުފިޔާގެ ފައިދާއެއް އެ ކުންފުންޏަށް ލިބިފައިވެ އެވެ. ފައިދާގެ ތެރެއިން އިންކަމް ޓެކުހުގެ ގޮތުގައި 64.4 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.