ޑރ. މުހައްމަދު މުއިއްޒު

ވީޓޯގެ ބާރު އުވާލުމަށް ރައީސް ގޮވާލައްވައިފި

އދ.ގެ ސަލާމަތީ މަޖިލީހުގައި ރައީސުލްހޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަޔާން އިއްވަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންނަށް ލިބިފައިވާ ވީޓޯގެ ބާރު އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ތާރީހީ ބަޔާން ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަލާމަތީ މަޖިލީހުގެ ނާގާބިލުކަމުގެ ސަބަބުން އެ މަޖިލީހަށް ދުނިޔެއިން ކުރާ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަލަސްތީނުގެ ނަސްލުނައްތާލުމުގެ އަމަލުތައް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމުގެ ބާރު ވެސް ކަނޑުވާލަނީ ވީޓޯގެ ބާރުގެ ސަބަބުން ކަމަށެވެ. އަދި އޭގެ ސަބަބުން އަދަބަކާ ނުލާ އަނިޔާވެރި އަމަލުތައް ހިންގުމުގެ ފުރުސަތު އިޒްރޭލަށް އޮންނަކަމަށް ވެސް ރައީސް ވިދާޅުވިއެވެެ.

ރައީސް ވިދާޅުވީ ވީޓޯގެ ބާރުގެ ސަބަބުން ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިންގަމުންދާތަން ފެންނަ ނަމަވެސް ބައިނަލްއަގްވާމީ ގާނޫނު ނެގެެހެއްޓުމުގައި ސަލާމަތީ މަޖިލީހުން ނުކުޅެދިފައިވާ ކަމަށެވެ.

އެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސް ހުށަހެޅީ ހިނދުން ހިނދަށް ހައްލު ހޯދޭނެ ނިޒާމެއްގެ ތެރެއިން ބައިނަލްއަގްވާމީ މުޖުތަމައުއިން އީޖާދީ ހައްލު ހުށަހެޅޭނެ އޮނިގަނޑެއް ބިނާކުރުމަށެވެ.

ރައީސް ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ސަލާމަތީ މަޖިލީހުގައި ހާއްސަ ޖާގައެއް ދިނުމަށް ވެސް އިލްތިމާސްކުރައްވާފަ އެވެ.

މިއީ އދ.ގެ ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖޭގެ ރައީސަކު ބަޔާނެއް އިއްވެވި ފުރަތަމަ ފަހަރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345