ހަބަރު

ގާނޫނީ ވަކީލު ކަމުގެ ހުއްދަ 17 ބޭފުޅަކަށް ދީފި

Jan 28, 2015

ގާނޫނީ ވަކީލުންގެ ގޮތު ރާއްޖޭގެ ކޯޓްތަކުގައި ވަކާލާތު ކުރުމުގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ 17 ބޭފުޅަކަށް ދީފި އެވެ.

ގާނޫނީ ވަކީލު ކަމުގެ ހުއްދަ މިއަދު ލިބި ވަޑައިގެންނެވި 17 ގާނޫނީ ވަކީލުން ހުވާ ކުރެއްވީ ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ހާޒިރުގައެވެ.

މިއަދު 17 ބޭފުޅަކު ހުވާ ކުރެއްވުމުން ގާނޫނީ ވަކީލުންގެ އަދަދު 815 އަށް އެރީ އެވެ. މިއަދު ހުވާ ކުރެއްވި ބޭފުޅުންނަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.