ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ބަންގްލަދޭޝްގެ ވެރިޔާއާ ބައްދަލުކުރައްވައިފި

0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުހައްމަދު ޔޫނުސް އާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާ ގައެވެ.

މިއަދު ކުރިއަ ށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒާއި ޗީފް އެޑްވައިޒަރު ޑރ. ޔޫނުސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ބަދަހި ގުޅުން ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ.

ދެ ގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ކަނޑުތަކާއި ގުޅިފައިވާ އިގްތިސާދީ ފުރުސަތުތަކާއި ދެމެހެއްޓެނިވި ގޮތެއްގައި އެ ފުރުސަތުތަކުގެ ބޭނުން ހިފުމާބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ރައީސް މުއިއްޒާއި ޑރ. ޔޫނުސްގެ މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ގައުމުން ހިއްސާކުރާ ކަންބޮޑުވުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، ހާރިޖީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަމާ އެކު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345