އައި ކެއާ

އައިކެއާ ސުކޫކުގެ އިންވެސްޓަރުންނަށް 3.4 މިލިއަން ރުފިޔާގެ ފައިދާއެއް

ހުޅުމާލޭގައި ހުންނަ އައިކެއާގެ ފިހާރައެއް -- ފޮޓޯ: އަވަސް
0%
0%
0%

ލޮލުގެ ފަރުވާއަށް ހާއްސަ އައިކެއާގެ ސުކޫކުގެ އިންވެސްޓަރުންނަށް 3.4 މިލިއަން ރުފިޔާގެ ފައިދާއެއް ބަހައިފި އެވެ.

އައިކެއާއިން ސުކޫކު ވިއްކީ އައިކެއާ ސެންޓަރުގެ ނަމުގައި ހުޅުމާލޭގައި ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށެވެ.

ހޮސްޕިޓަލް އެޅުމަށް އެ ކުންފުނިން ވަނީ 30 މިލިއަން ރުފިޔާގެ ސުކޫކު ވިއްކާފަ އެވެ.

ސުކޫކަށް އިންވެސްޓުކުރި ފަރާތްތަކަށް އޭގެ ފައިދާ ބަހަން ހަމަޖެހިފައިވަނީ ފަސް އަހަރުގެ ތެރޭގަ އެވެ. އެގޮތުން ކޮންމެ އަހަރަކު ބަހަން ހަމަޖެހިފައިވަނީ އަށް ޕަސަންޓުގެ ރޭޓަކުންނެވެ.

ސުކޫކު އެރޭންޖުކޮށްފައިވާ ލީޑު ފަރާތް ކަމަށްވާ ފަސްޓް ނޭޝަނަލް އަކީ އަމިއްލަ ކުންފުނިތަކަށް ބޮންޑާއި ސުކޫކު ވިއްކާ ކޯޕަރޭޝަނެކެވެ.

މިއީ އައިކެއާ އިން ސުކޫކުގެ ފައިދާ ބެހި ފުރަތަމަ ފަހަރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910