ދެކުނުގެ އަތޮޅުތަކަށް އުދަ އަރާފާނެ ކަަމަށް ބެލެވޭތީ ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 2:30ގެ ނިޔަލަށެެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެވެސް ދެކުނުގެ ބައެއް އަތޮޅުތަކަށް އުދަ އަރައި އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެ އެވެ. އެކަމަކު ރާއްޖޭގެ އުތުުރުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވެފަައި ވިލާގަނޑުގައި އިތުރަށް ގަަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން އެވްރެޖު ގޮތެއްގައިބ ހުންނާނީ 3-6 ފޫޓުގެ އުސްމިނުގައި ކަމަށްވެސް ބުންޏެވެ.