އަބްދުﷲ ފައިރޫޝް

ފައިރޫޝް ހޯމްލޭންޑް މިނިސްޓްރީއަށް ބަދަލުކޮށްފި

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކުރައްވައިފި އެވެ.

މިބަދަލު ގެނެސްފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަނާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީންވެސް ވަނީ އަވަސްއަށް ޔަގީންކޮށްދީފަ އެވެ.

ފައިރޫޝް މަސައްކަތް ކުރައްވަމުން ގެންދެވި އޮފީސް ބަދަލުކުރެއްވި ސަބަބެއް ސާފުވެފައެއް ނުވެ އެވެ.

ފުލުހުންގެ އިސް މަގާމުތަކެއް ކުރިން ފުރުއްވާފައިވާ ފައިރޫޝް ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ ޖެނުއަރީ 2021 ގައެވެ. އޭރު އޭނާ ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގަ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފައިރޫޝް މަސައްކަތް ކުރެއްވީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމުގެ އަރިހުގައެވެ.