ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީ ހިންނާ ހާލިދު އިސްތިއުފާ ދެއްވައިފި އެވެ.
ހިންނާ އިސްތިއުފާ ދެއްވާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ ފަރާތުން އަވަސް އަށް އެނގިފައިވެ އެވެ.
އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ހިންނާ އައްޔަންކޮށްފައިވަނީ މިއަހަރު ޖޫން ހަވަނަ ދުވަހު އެވެ.