ކެބިނެޓް

އާޓިފިޝަލް އިންޓެލިޖަންސާ ގުޅުންހުރި މާސްޓާޕްލޭނެއް އެކުލަވާލަނީ

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

އާޓިފިޝަލް އިންޓެލިޖަންސާ ގުޅުންހުރި އެކި ދާއިރާތައް ހިމެނޭ ގޮތަށް މާސްޓަޕްލޭނެއް އެކުލަވާލުމަށް ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިގޮތަށް ނިންމެވީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ރައީސްއަށް ދެއްވި ލަފާފުޅާ ގުޅިގެންނެވެ.

ވަޒީރުންގެ މަޖިލީހުގައި ނިންމެވީ އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތު މެދުވެރިކޮށް އިގްތިސާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ހޯދޭނެ ގޮތްތަކާއި، އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވާނެ ގޮތްތަކާއި، އެ ޓެކްނޮލޮޖީގެ ބޭނުން ހިފުމުގައި ރާއްޖޭގައި އަމަލުކުރާނެ ގާނޫނީ ފްރޭމްވޯކެއް ހިމެނޭ ގޮތަށް އަދި މިފަދަ ކަންކަމުގައި ސަރަހައްދީ ގައުމުތަކުން އަމަލުކުރަމުންދާ ގޮތްތައްވެސް ބަލައިގެން މާސްޓަޕްލޭނެއް އެކުލަވާލުމަށެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތާ ގުޅޭ މާސްޓަޕްލޭނެއް އެކުލަވާލުމަށްފަހު މިކަމާ ގުޅޭ ކަރުދާސްތައް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ކަނޑައަޅުއްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345