ކުށްކުރާ މީހުން ބަންދުކުރާ ކަސްޓޯޑިއަލްއެއް ކ. ކާށިދޫގައި ގާއިމްކޮށްފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކާށިދޫ ޕޮލިސް ކަސްޓޯޑިއަލް އަކީ، ކަސްޓޯޑިއަލް ޖަލެއް ކަމަށް މި މަހުގެ ހަތް ވަނަ ދުވަހު އެ މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ އެ ކަސްޓޯޑިއަލް އަކީ އެކި ކުށްތަކުގައި ފުލުހުން ހައްޔަރުކުރާ މީހުން ވަގުތީގޮތުން ބައިތިއްބާ ތަނެކެވެ. ކުށްކުރާ މީހުން ބަންދުގައި ބޭތިއްބުމަކީ ގާނޫނީ ގޮތުން ފުލުހުންނަށް ލިބިދޭ ބާރެކެވެ.