ހަބަރު

ރަކީދޫ ކުއްޖާގެ މަރުގެ މައްސަލަ އެޗްއާރްސީއެމުން ވެސް ބަލަން ފަށައިފި

Jan 28, 2015

ބޮޑެތި ޒަހަމްތަކާއެކު މަރުވެފައި އޮއްވައި މިއަދު ވ. ރަކީދޫން ފެނުނު ދެ އަހަރުުގެ މުހައްމަދު އިބްތިހާލް  މައްސަލަ ހިއުމަން ރައިޓްސްކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.

އެ ކޮމިޝަންގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޔުނިޓުން މިއަދު ބުނީ އެ މައްސަލަ އިންސާނީ ހައްގުގެ ނަޒަރަކުން ތަހުގީގު ކުރުމުގެ މަސައްކަތް ކޮމިޝަނުން މިއަދު ފަށާފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގާބެހޭ އިތުރު ތަފުސީލެއް އަދި ދެވެން ނެތް ކަމަށެވެ.

ތުއްތު ކުއްޖާގެ މަރުވި މައްސަކަ ފުލުހުން  ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެ ތަހުގީގަށް ބޭނުންވާ އިތުރު ކަންކަން ސާފު ކުރުމަށް ކުއްޖާގެ ހަށިގަނޑު ވެސް މިހާރު ވަނީ މާލެ ގެނައުމުގެ މަގުމަތީގައި ކަމަށެވެ. ހަށިގަނޑު މާލެ ގެންނަން ނިންމީ ޑޮކްޓަރުން އެ ކުއްޖާގެ އިތުރު ޓެސްޓްތައް ހަދަން ބޭނުންވެގެނެވެ.  

އުމުރުން ދެ އަހަރުުގެ މުހައްމަދު އިބްތިހާލް މަރުވެފައި އޮއްވައި ފެނުނީ ރަކީދޫ މެރިން ކޯނާގެ ސިޓިންރޫމް ތެރެއިންނެެވެ. އޭރު ކުއްޖާގެ ކުރިމަތީ ފަރާތާއި ކަންފަތްމަތީގައި ބޮޑެތި ޒަހަމްތައް ހުއްޓެވެ. މި ކުއްޖާ އަކީ މަންމަގެ ފަރާތުން މީގެ ކުރިން ވެސް ބޮޑެތި އަނިޔާތައް ލިބިފައިވާ ކުއްޖެކެވެ. އަދި އެ މައްސަލަ ޖެންޑާ މިނިސްްޓްރީ އާއި ފުލުހުން ވެސް ބަލާފައިވެ އެވެ.

މި މައްސަލައިގައި އެންމެން ތުހުމަތުކޮށްފައިވާ އެކުއްޖާގެ މަންމަ، އާފިޔާ މުހައްމަދު މަނިކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.