ފޮރިން މިނިސްޓްރީ

ތާލިބާނުގެ މަންދޫބާ ދިވެހި ސަފީރު ބައްދަލުކުރެއްވީ ހުއްދަ ނެތި

ތާލިބާނުގެ މަންދޫބާ ދިވެހި ސަފީރު ތޯހާ (މ)ގައި ބައްދަލުކުރައްވަނީ
0%
0%
0%

ޕާކިސްތާންގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ތޯހާ އެ ގައުމުގައި ހުންނަވާ އަފްޣާނިސްތާންގެ މަންދޫބު ސަރުދާރު އަހްމަދު ޝަކީންއާ ބައްދަލުކުރެއްވީ ދިވެހި ސަރުކާރުގެ ހުއްދަ ހޯދައިގެން ނޫން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޕާކިސްތާންގެ ވެރިރަށް އިސްލާމް އާބާދުގައި މި ދެ ބޭފުޅުން ބައްދަލުކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ.

މިބައްދަލުކުރެއްވުމުގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި އާންމުވުމާ ގުޅިގެން ދިވެހި ސަރުކާރުން އަފްޣާނިސްތާން ސަރުކާރު ބަލައިގަތީތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދާފަ އެވެ.

އާންމުންގެ ސުވާލުތަކާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބައްދަލުކުރެއްވުމަކީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ނޫން ކަމަށެވެ. އަދި އެކަމާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ދިވެހިރާއްޖެ އިން ގައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލެއް އުފެދޭ ހާލަތެއްގައި އަބަދުވެސް ބަލަނީ އދ އިން ކަނޑައަޅާފައިވާ މިންގަޑުތަކާއި އުސޫލުތަކަށެވެ.

:މި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން އދގައި އަފްޣާނިސްތާން ތަމްސީލް ކުރާ ފަރާތަކީ އަފްޣާނިސްތާނުގެ ސަރުކާރުގެ ގޮތުގައި ދިވެހި ސަރުކާރުން ބަލައިގަންނަ ފަރާތް ކަމުގައި ދެންނެވީމެވެ،" ބަޔާނުގައިވެ އެވެ.

އަފްޣާނިސްތާންގެ ވެރިކަމާ ތާލިބާނުން ހަވާލުވީ އެ ގައުމުގެ ރައްޔިތުން ވެރިކަމަށް ހޮވާފައި ހުރި އަޝްރަފް ޣަނީގެ ވެރިކަން އޮގަސްޓް 15، 2021 ގައި ވައްޓާލުމަށްފަހު އެވެ. އޭގެފަހުން އދ އާއި ދުނިޔޭގެ ގިނަ ގައުމުތަކުންވެސް ތާލިބާން ސަރުކާރު އަދި ބަލައިބގެންފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910