ޑީއެންއާރް

ކުޑަހުވަދޫގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ހަދައިފި

ބައެއްގެ އައިޑީ ކާޑުތަކެއް
0%
0%
0%

ދ. ކުޑަހުވަދޫގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ކުޑަހުވަދޫގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި ހިދުމަތް ފައްޓަވައިދެއްވީ ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ.

މިރަސްމިއްޔާތުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މިނިސްޓަރު އަހްމަދު އާލީ އާއި، ހޯމްލޭންޑް މިނިސްޓްރީއާއި ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ އިސް ބައެއް ވެރިންނާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދާއި ދ. އަތޮޅު ކައުންސިލާއި ކުޑަހުވަދޫ ކައުންސިލްގެ މެންބަރުންވެސް ބައިވެރިވި އެވެ.

އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް މާލޭގެ އިތުރުން މިހާތަނަށް ލިބެމުން ދިޔައީ ގއ. ވިލނގިލީ ގައެވެ.

ވިލިނގިލި އަދި ކުޑަހުވަދޫ އަކީ އާބަން ސެންޓަރެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަަރައްގީކުރަން ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ދެ ރަށެވެ.

އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފެށުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910