ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް މަރުހަލާގެ މެޗުގައި އިނގިރޭސިވިލާތުގެ ލިވަޕޫލް އެފްސީ އިން ޖަރުމަނުގެ ބަޔަ ލެވަކޫސަންއާ ދެކޮޅަށް ކުޅެ 4-0ގެ ބޮޑު ތަފާތަކުން މޮޅުވެއްޖެ އެވެ.
އެންފީލްޑްގައި ކުޅުނު މި މެޗުގައި ލިވަޕޫލްގެ ކޮލަމްބިއާގެ ތަރި ލުއިސް ޑިއާޒް ވަނީ ފުރަތަމަ ހެޓްރިކް ހަދާފަ އެވެ.
މެޗުގެ ފުރަތަމަ ހަފް ނިމުނުއިރު ދެ ޓީމުގެ ސްކޯ ހަމަހަމަވެފައި އޮތް ނަމަވެސް ދެވަނަ ހާފްގައި ލިވަޕޫލްގެ ކުޅުންތެރިން ދައްކާފައިވަނީ މޮޅު ކުޅުމެކެވެ.
ނަތީޖާއެއްގެ ގޮތުން މެޗުގެ 61 ވަނަ މިނެޓުގައި ޑިއާޒް ފުރަތަމަ ލަނޑު ޖެހުމަށްފަހު، ދެ މިނެޓު ފަހުން ކޯޑި ގެކްޕޯ ވަނީ ދެވަނަ ލަނޑު ޖަހާފަ އެވެ. މެޗުގެ 83 ވަނަ މިނެޓާއި އިތުރު ވަގުތުގައި ޑިއާޒް ވަނީ އިތުރު ދެ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
މި މޮޅާއެކު ލިވަޕޫލް ވަނީ ގްރޫޕް މަރުހަލާގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، 12 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދާފަ އެވެ. އެހެންނަމަވެސް ބަޔަ ލެވަކޫސަން އޮތީ ހަތް ޕޮއިންޓާއެކު 11 ވަނައިގަ އެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގަކީ އާ ފޯމެޓެއްގައި ކުރިއަށްދާ މުބާރާތެކެވެ. ފުރަތަމަ ބުރުގައި 36 ޓީމު ބައިވެރިވާއިރު، ކޮންމެ ޓީމަކުންވެސް އަށް މެޗު ކުޅޭނެ އެވެ. އެއަށްފަހު ދެވަނަ ބުރުން ފެށިގެން މުބާރާތް ކުރިއަށްދާނީ ކުރީގެ އުސޫލުންނެވެ.