ޑރ. އަލީ ހައިދަރު އަހުމަދު

ގުޅިފަޅުގެ އެންމެ ފުން ސަރަހައްދު ހިއްކަން ތައްޔާރުވަނީ

ހައުސިންމިނިސްޓަރު ޑރ. އަލީ ހައިދަރު --ފޮޓޯ:އަވަސް
0%
0%
0%

ގުޅިފަޅުގެ އެންމެ ފުން ސަރަހައްދު ވަރަށް އަވަހަށް ހިއްކަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ހައިދަރު ވިދާޅުވީ ގުޅިފަޅުން ގޯތި ލިބޭ މީހުނަށް ގޯތި ލިބޭ ތަން ގުރުއަތުލައިގެން ކަނޑައަޅާފައިވީ ނަމަވެސް ގޯތިތައް ހަވާލުކުރެވޭނީ ހިއްކަން ޖެހޭ ތަންތަން ހިއްކާ ނިމުމުން ކަމަށެވެ.

ހައިދަރު ވިދާޅުވީ ގުޅިފަޅުން ގޯތިތަކެއް ދޫކުރަންޖެހޭ ބައެއް ތަންތަން އަދިވެސް ނުހިއްކާ އެބައޮތް ކަމަށާއި އެއީ ގުޅިފަޅުގެ އެންމެ ފުން ސަރަހައްދު ކަމަށެވެ. އެހެންވެ ވަރަށް އަހަށް އެ ސަރަހައްދު ހިއްކަން ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ގުޅިފަޅުގައިވެސް އެބައޮތް ހިއްކަން ޖެހޭ ސަރަހައްދެއް. އަދި އެއީ އެންމެ ފުން ސަރަހައްދު. އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ،" ހައިދަރު ވިދާޅުވި އެވެ.

ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅު ހިމެނޭ ގޮތަށް މާލޭގެ ރައްޔިތުންނަށް މާލެ ސަރަހައްދުން 9،000 އަށް ވުރެ ގިނަ ގޯތި ދޫކުރަން ނިންމާ ގޯތިތަކުގެ ލިޔުން ހަވާލުކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ. ނަމަވެސް ގޯތިތަކެއް ދޫކުރަން ނިންމީ ހިއްކަންޖެހޭ ތަންތަން ނުހިއްކާ އަދި ނަމެއްގައި އޮތް ލޭންޑް ޔޫޒް ޕްލޭނެއްގެ ތެރެއިން ކަމަށް ބުނެ މިސަރުކާރުން ވަނީ ރައީސް ސޯލިހް ސަރުކާރުން އެކުލަވާލާފައި އޮތް ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނެސްފަ އެވެ.

މިބަދަލާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކައިގެން ގުޅިފަޅުން އިތުރު 3،520 ގޯތި ދޫކުރަން ނިންމާފަ އެވެ. އަދި އެ ގޯތިތައް މިހާރު ވަނީ ހަވާލުވެސް ކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910