އަހުމަދު މުނައްވަރު

ބަޖެޓް ފައިނޭންސަށް ފައިސާ ނުލިބޭނަމަ ރިޒާވަށް އަސަރުކުރާނެ

މަރުކަޒީ ބޭންކް އެމްއެމްއޭ
100%
0%
0%

ބަޖެޓް ފައިނޭންސް ކުރުމަށް އަންނަ އަހަރު ހޯދަން މަސައްކަތް ކުރާ ފައިސާ ކޮންމެހެން ލިބުން މުހިއްމު ކަމަށާއި އެ ފައިސާ ލިބޭނެ ގޮތް ނުވެއްޖެނަމަ ރާއްޖޭގެ ރިޒާވަށް އަސަރު ކުރާނެ ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް މިއަދު ވަޑައިގެން ގަވަރުނަރު ވިދާޅުވީ ބަޖެޓް ފައިނޭންސް ކުރުމަށް އަންނަ އަހަރުގެ ބަޖެޓަށް 766 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާ ހޯދަންޖެހޭ ކަމަށެވެ.

އެ ފައިސާ ހޯދަންޖެހޭ ކަމަށް ތަކުރާރު ކުރައްވަމުން ގަވަރުނަރު ވިދާޅުވީ ބަޖެޓް ފައިނޭންސް ކުރުމަށް ފައިސާ ހޯދުމަށް ކުރާ މަސައްކަތްތަކަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތައް އަވަސްކޮށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކުން މިވަގުތު ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވާތީ ރާއްޖެއަށް ބޭރުން ފައިސާ ހޯދުމަށްވެސް ދަތިތައް ހުރި ކަމަށެވެ. ރޭޓިން ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ރިޒާވް އިތުރުކުރުން ކަމަށްވެސް ވިދާޅުވި އެވެ.

"މިހާރު ހާލަތަށް ބަލާއިރު ބޭރުގެ ފައިނޭންސް ލިބިގެން މަޝްރޫއުތައް ފަށައި އަވަސްކުރެވެންވެސް އޮތީ،" މުނައްވަރު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އެމްއެމްއޭ މެދުވެރި ނުކޮށް ރާއްޖޭގެ އެތެރޭގެ މާކެޓުން ހަތް ބިލިއަން ރުފިޔާ ހޯދަން ހިމަނާފައިވާތީ އެ ފައިސާވެސް މިވަގުތު ހޯދަންޖެހޭ ކަންވެސް ގަވަރުނަރު ފާހަގަކުރެއްވި އެވެ. އެތެރޭގެ މާކެޓުން ހޯދާ ފައިސާ ހޯދަން ވާނީ އެމްއެމްއޭއަށް ބަރޯސާ ނުވެ ކަމަށްވެސް ވިދާޅުވި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ 19 ބިލިއަން ރުފިޔާ އަކީ ބަޖެޓް ފައިނޭންސިންއަށް ހޯދަން ކަނޑައަޅާފައިވާ އަދަދެކެވެ. މި ފައިސާގެ ތެރޭގައި ބޭރުގެ ބޭންކްތަކުން 6.6 ބިލިއަން ރުފިޔާ ހޯދަން ހިމަނާފައިވެ އެވެ.

އަންނަ އަހަރަށް ލަފާކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345