ހަބަރު

ފާއިތުވެދިޔަ 18 އަހަރުގެ ތެރޭގައި އެންމެ ހޫނު ގަދަވީ މި މަހު

ފާއިތުވި 18 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ފިނިހޫނުމިން އެންމެ މައްޗަށް ދިޔައީ މި ހިނގާ މާޗް މަހުގެ ތެރޭގައި ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފި އެވެ. އާންމުކޮށް 29 ޑިގްރީއަށްވުރެ ފިނިހޫނުމިން މައްޗަށް ނުދާ ރާއްޖޭގައި މިމަހު ފިނިހޫނުމިން 35.4 ޑިގްރީ އަށް މަށްޗަށް ދިޔަ އެވެ.

މެޓުން ބުނީ، މިދުވަސްވަރަކީ ރާއްޖެ އަށް ހޫނު ދުވަސްވަރެއް ކަމަށާއި މިހަތާނަށް ރާއްޖޭގެ ހޫނުމިން އެންމެ މައްޗަށް ދިޔައީ މި މަހު ކަމަށެވެ. ފަހަކަށް އައިސް ހޫނުމިން މައްޗަށް ދިއުމާއި އެލްނިނޯ ބާރުގަދަވުމަކީ ވިހަގޭހުގެ ސަބަބުން ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ކަންކަން ކަމަށެވެ.

ކުރިއަށް އޮތް އޭޕްރީލް މަހު ރާއްޖޭގެ ފިނިހޫނުމިން ހުންނާނެ ކަމަށް މެޓުން ލަފާކޮށްފައިވަނީ 34.6 ޑިގްރީ ސެލްޝިއަސް އެވެ. އެހެންކަމުން އެކަމަށް ސަމާލުވާން މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރެކޯޑް މިންވަރަކަށް ރާއްޖޭގެ ފިނިހޫނުމިނަށް ބަދަލު އައިސްފައިވާއިރު، މީގެ ކުރިން ރާއްޖެ އަށް އެންމެ ހޫނުގަދަވި ދުވަސްވަރެއްގެ ގޮތުގައި ރެކޯޑުތަކުން ދައްކަނީ 1998 ވަނަ އަހަރު އެވެ. އެއީ 30.4 ޑިގްރީ ސެލްސިއަސް އެވެ. އޭރު ވެސް ހޫނު ގަދަވުމުގެ މައްސަލަތައް ކުރިމަތިވަތިވީ އެލްނީނޯއެއްގެ ބާރުގަދަކަން ދުނިޔެ ތަޖުރިބާ ކުރި ދުވަސްކޮޅަކާއި ދިމާކޮށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.