ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން
0%
0%
0%

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ހަރަދާއި، އާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން މުޅި ދަތުރުފުޅުގެ ހުރިހާ ހަރަދެއްވެސް ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ކަމަށެވެ.

މިއީ ރައީސްގެ އަމިއްލަ ދަތުރުފުޅަކަށް ވާތީ މިދަތުރުފުޅުގެ އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

އިނގިރޭސިވިލާތަކީ ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މަތީ ތައުލީމުގެ ބައެއް މަރުހަލާތައް ފުރިހަމަ ކުރެއްވި ގައުމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910