ހޯނޑެއްދޫ

ހޯނޑެއްދޫ އިހްތިސާސުން ކަޑެވާރެހާ އުނިކުރަން ނިންމަވައިފި

ގދ. ހޯޑެއްދޫ ކައުންސިލްގެ އިހްތިސާސަށް ބަދަލު ގެނެސްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރުގައި ވަނީ ހޯޑެއްދޫގެ އިހްތިސާސްގައި ކުރިން އޮތް އެ އަތޮޅު ކަޑެވާރެހާ، ހޯޑެއްދޫގެ އިހްތިސާސުން ވަކިކުރައްވާފަ އެވެ.

ކަޑެވާރެހާގައި އިންޓަގްރޭޓަޑް ޓޫރިޒަމު ތަރައްގީކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ހޯޑެއްދޫގެ އިހްތިސާސަށް ބަދަލު ގެނައުމަށް ރައީސް މުއިއްޒު ނިންމެވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުންނެވެ.