މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަނޑުމަގުން އެތެރެކުރި ކިލޯއަކަށް ވުރެ ގިނަ ޑްރަގު އަތުލައިގެންފި

ކަސްޓަމްސް އިން އަތުލައިގެން މަސްތުވާތަކެތި
0%
0%
0%

ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 1.518 ކިލޯގްރާމްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތި މިއަދު އަތުލައިގަތީ މާލޭގެ މައި ވިޔަފާރި ބަނދަރަށް ގެނެސްފައިވާ ސީފްރައިޓް ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މި ޝިޕްމަންޓްގައި ފޮރުވާފައި ހުރި ޕެކެޓުތަކުގައި ހުރި ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.

މިތަކެތީގެ ބަރުދަނުގައި ޖުމްލަ 1.518 ކިލޯގްރާމް ހުއްޓެވެ. އަދި މިތަކެތީގެ މަގުމަތީ އަގު ތިން މިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910