ދުނިޔެ

އެމެރިކާގެ އެހީތެރިކަމާ ނުލައި ނޭޓޯ އަކީ އެއްވެސް ބައެއް ނޫން: މާކެލް

އެމެރިކާގެ އެއްބާރުލުމާ ނުލައި ނޭޓޯ ގައުމުތަކަށް ރަޝިއާއާ ދެކޮޅަށް ދެތުވެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ޖަރުމަނުގެ ކުރީގެ ޗާންސެލަރު އެންޖެލާ މާކެލް ވިދާޅުވެއްޖެ އެެވެ.

ޔޫރަޕްގެ ނޭޓޯ ގައުމުތަކުން ރަޝިއާއާ ކުރިމަތިލުމުގެ ކުރިން އަސްކަރި ގޮތުން ބާރުވެރި ގައުމުތަކަކަށް ވާން ޖެހޭ ކަމަށް ވެސް އެންޖެލާ މާކެލް ވިދާޅުވި އެވެ.

މާކެލް ވިދާޅުވި ގޮތުގައި އެމެރިކާގެ ވެރިކަމަށް އަންނަ ބަދަލުތަކާ އެކު ޔޫރަޕްގެ ގާބިލުކަން ދަށްވެ، ފަނޑުވެ އަދި ވަރުގަދަ ވެސް ވެ އެވެ. އެމެރިކާގެ ވެރިކަން ބަދަލުވުމަށް ކުޑަތަން ވެފައި މިހާރު އޮތް އިރު، ޔޫރަޕަށް އޮތް ބިރަކީ ޓްރަޕް ސަރުކާރުން ޔޫރަޕަށް ކުރިމަތިކޮށްފާނެ ދަތިތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގައި މިހާރު އޮތް ޖޯ ބައިޑަންގެ ސަރުކާރު، ޖެނުއަރީ 20، 2025 ގައި ނިމި -- އަދި ޑޮނަލްޑް ޓްރަމްޕްގެ އަތްމައްޗަށް ނިއުޅިގެންދާނެ އެވެ. މި ބަދަލާ އެކު ޔޫރަޕަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕޭންކުރެއްވި ދުވަސްވަރު، ޑޮނަލްޑް ޓްރަމްޕް ވަނީ ނޭޓޯއިން އެމެރިކާ ވަކިވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޔޫރަޕްގެ ބައެއް ގައުމުތަކުން އަސްކަރީ ޓެކްސް ނަގާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެންޖެލާ މާކެލް ވިދާޅުވި ގޮތުން، ނޭޓޯއަށް އެންމެ ބޮޑު ދަތިކަމަކީ މެމްބަރު ގައުމުތަކުން ޗަންދާ ނުދެއްކުމެވެ. ނޭޓޯގެ ގަވާއިދު ބުނާ ގޮތުން ކޮންމެ މެމްބަރު ގައުމަކުން އެ ގައުމެއްގެ އަސްކަރީ ބަޖެޓްގެ ދެ ޕަސެންޓް، ނޭޓޯއަށް ހޭދަކުރަން ޖެހޭނެ އެވެ.

ޖަރުމަނުގެ ޗާންސެލަރުގެ މަގާމުގައި އޭނާ ހުންނެވިއިރު -- 2005 އިން 2021 އަށް ހިނގައިދިޔަ ދުވަސްތަކުގައި، ނޭޓޯއަށް ބައެއް ފަހަރު ޗަންދާ ނުދެއްކި ހުންނާނެ ކަމަށް މާކެލް ވިދާޅުވި އެވެ.

މާކެލް އަދި ވިދާޅުވީ ވައުދުވެފައި އޮތް ގޮތަށް ނޭޓޯއަށް ޗަންދާ ނުދައްކާ ގައުމުތައް ޔޫރަޕްގައި ގިނަ ކަމަށެވެ.

އަސްކަރީ ގޮތުން ގާބިލު ޖަމާއަތަކަށް ނޭޓޯ ހަދަން ވިސްނާއިރު، މެމްބަރު ގައުމުތަކުން ފުރިހަމައަށް ޗަންދާ ނުދެއްކުމަކީ ބޮޑު ވެއްޓުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މާކެލް ވިދާޅުވި ގޮތުން ޔުކްރޭން ބާރުވެރިކުރުމަށްޓަކައި ރަޝިއާއަށް އޮޅުވާލުމަށް އޭނާގެ ވެރިކަމުގައި މަޅިތަޖެއް ޖެއްސެވި އެވެ. އެ ގޮތުން 2014-2015 ގައި ސޮއިކޮށް އަމަލުކުރަން ފެށި މިންސްކް އެއްބަސްވުމަކީ، އަސްކަރީ ބާރުގަދަ ގައުމަކަށް ޔުކްރޭން ހެދުމަށް ރަޝިއާއަށް ދިން ބޮޑު ކެއްސެކެވެ.