ދުނިޔެ

ރަޝިއާ-ޔުކްރޭން މައްސަލާގައި އޮންނަންވާނީ ޑިޕްލޮމެޓިކް ހައްލެއް: ޗައިނާ

ރަޝިއާ އާއި ޔުކްރޭން މައްސަލައަށް ހޯދަން ޖެހޭނީ ޑިޕްލޮމެޓިކް ހައްލެއް ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއަށް ފޯނުކުރައްވައި ރަޝިއާ-ޔުކްރޭން މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުން ޝީ ޖިންޕިން ވިދާޅުވީ ދެމެހެއްޓެނިވި ހައްލަކަށް ވާނީ ޑިޕްލޮމެޓިކް އުސޫލުން އެއްބަސްވުމެއް ގާއިމުކުރެވިގެން ކަމަށެވެ.

ޝީ ވިދާޅުވި ގޮތުން މަޝްވަރާ ދޫކޮށްލައިގެން ނުވާނެ އެވެ. އޭނާ އަދި ވިދާޅުވީ މަޝްވަރާ ކުރެވެން ނެތް ހާލަތެއް މެދުވެރިވާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށާއި ރަޝިއާ އާއި ޔުކްރޭން އަކީ އެއަށް ވުރެ ފުދޭ ދެގައުމު ކަމަށެވެ.

ޗައިނާގެ ރައީސް ވިދާޅުވީ ހަނގުރާމައަކީ އެއްވެސް ކަމަކަށް ހައްލެއް ނޫން ކަމަށާއި އަވަސް އަރުވާލައިގެން ހަތިޔާރުގައި ބާރުހުރިތޯ ބެލުމަށް ވުރެ ކޮސްކަމެއ އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ޝީ ވިދާޅުވި ގޮތުން މަޝްވަރާތަކުގައި ބައިވެރިވާން އެންމެ ރަނގަޅު ގައުމުތަކަކީ ރަޝިއާ އާއި ޔުކްރޭންގެ އިތުރުން ޖަރުމަނާއި ފްރާންސް އެވެ.

އޭނާ ވިދާޅުވީ އެ ދެގައުމުގެ ދެމެދުގައި މިހާރު އުފެދިގެން އުޅޭ ނުތަނަވަސް ކަމުގައި ޖަރުމަނާއި ފްރާންސްގެ ވިސްނުން ރަނގަޅު ކަމަށާއި އެއީ ބުއްދި އިސްކުރާ ދެގައުމު ކަމަށެވެ.

ރަޝިއާ އާއި ޔުކްރޭން މައްސަލާގައި ޗައިނާ މިހާތަށް އޮތީ ވަރަށް ހިމޭނުންނެވެ. އެހެން ނަމަވެސް އެމެރިކާ އާއި އިނގިރޭސިން އަދި ނޭޓޯ ގައުމުތަކުން ހީވަނީ އެހެންފަދަ ކަމެއް ވެގެން އުޅޭހެންނެވެ.

އެމެރިކާ އާއި އިނގިރޭސިން އެދެނީ ކޮންމެވެސް ހުއްޖަތެއް، ބަހަނާއެއް ދައްކައި ހަމަ މިހާރުން މިހާރަށް ހަނގުރާމަ ފަށައި މުޅި ސަރަހައްދު އަންދާލާށެވެ.

ރަޝިއާގެ ރައީސް ލަޑިމިއަރު ޕޫޓިން ވިދާޅުވެފައި އޮތީ އިސްވެ ހަމަލާ ނުދެއްވާނެ ކަމަށާއި ޔުކްރޭނާ ގުޅުން ހުރި ހިސާބަކުން ހަމަލާއެއް ރަޝިއާގެ ވެލިފުކަކަށް އެރި ނަމަވެސް މުޅި ސަރަހައްދު ގަނޑުކޮށްލާނެ ކަމަށެވެ.

ޕޫޓިން ވިދާޅުވި ގޮތުން އެމެރިކާ އާއި ނޭޓޯއަކީ ބާރުގަދަ ބައެކެވެ. އޭނާ ވިދާޅުވީ ރަޝިއާއަށް ވުރެ އެމީހުން ގާބިލުކަން ގަބޫލް ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުން އޭގެ މާނައަކީ ރަޝިއާ ހިމޭނުން އޮންނާނެއެކޭ ނޫނެނެވެ.

ރަޝިއާ އަކީ ވެސް ނިއުކްލިއާ ބާރެއްކަން ނޭޓޯ ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށާއި ރަޝިއާއަށް ގޮތް ހުސްވާނީ މުޅި ސަރަހައްދު ދަރުދެއްޔަށް ވުމުން ކަމަށެވެ.