ދުނިޔެ

ޒެލެންސްކީ ހުށަހެޅުއްވީ ތިންވަނަ ބޮޑުހަނގުރާމަ ފެށެން އޮތް އެންމެ އަވަސް ގޮތް: ހަންގޭރީ

ޔުކްރޭން ހަނގުރާމަ ހުއްޓުވައި ސުލްހަކުރެވެން އޮތް އެންމެ ކާމިޔާބު ގޮތް ކަމަަށް ވިދާޅުވެ ޔުކްރޭންގެ ރައީސް ޒެލެންސްކީ ހުށަހެޅުއްވީ ތިން ވަނަ ބޮޑު ހަނގުރާމަ ފެށެން އޮތް އެންމެ އަވަސް ގޮތް ކަމަށް ހަންގޭރީން ބުނެފި އެވެ.

ހަންގޭރީގެ ބޮޑުވަޒީރު ވިކްތަރު އޯބަންގެ ސިޔާސީ މުޝީރު ބަލާޒް އޯބަން ވިދާޅުވި ގޮތުން ޒެލެންސްކީ ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެއްބާރުލުން ދެއްވައިފި ނަމަ، ލަސްތަކެއް ނުވެ ތިން ވަނަ ބޮޑު ހަނގުރާމަ ފެށިދާނެ އެވެ. އަދި ރަޝިއާއާ ބޯޑަރުވެގެން ތިބި ޔޫރަޕްގެ ގައުމުތަކަށް އޮޓަމެޓިކު ބޮންތައް ފައިބަން ފަށާފާނެ އެވެ.

ބަލާޒް ވިދާޅުވި ގޮތުގައި ޒެލެންސްކީގެ ރޭރުންތަކަށް ބުޑަޕެސްޓުން އެއްބާލުން ދެއްވާނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. އެއީ ބާތިލު ހުށަހެޅުއްވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓުވެން އޮތް އެންމެ ކާމިޔާބު ގޮތް ކަމަށް ވިދާޅުވެ ޒެލެސްކީ ހުށަހެޅުއްވި ޕްލޭންގައި އެންމެ ފަުރތަމަ އޮތީ ނޭޓޯ ސިފައިން ރަޝިއާއާ ސީދާ ކުރިމަތިލުމެވެ.

ހުޅަނގުގެ ގައުމުތަކުން ޔުކްރޭނަށް ފޯރުކޮށްދޭ ހަތިޔާރު ބާރުގަދަކުރުމާއި ހަތިޔާރު އިތުރު ކުރުމަކީ ވެސް ޒެލެސްކީ އެދިވަޑައިގަންނަވާ ގޮތެވެ.

ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދިނުން އަވަސްކުރުމާއި ކެނޑިނޭޅި ރަޝިއާއަށް ޕްރެޝަރުކުރުމަކީ ވެސް ރޭވުމުގައި އޮތް ނުކުތާ އެކެވެ.

ޒެލެންސްކީ ވިދާޅުވި ގޮތަށް ހުޅަނގުން ކަންކޮށްދިފި ނަމަ އޮތް ހަދިޔާ އަކީ -- ޒެލެންސްކީ ވިދާޅުވި ގޮތުގައި، ޔުކްރޭންގައި ހުރި މުއްސަނދި މައުދަންތައް ބޭނުންކުރުން ހުޅަނގަށް ހުއްދަދިނުމާއި، އެކުވެރި ގައުމުތަކަށް ޔުކްރޭންގެ އަސްކަރިއްޔާއިން އެއްބާރުލުން ދިނުން ހިމެނެ އެވެ.

ހުޅަނގުގެ ގައުމުތަކުން ޒެލެންސްކީއަށް އެއްބާރުލުން ދެއްވަަން ނިންމައިފި ނަމަ، ނޭޓޯއަށް ނޭނގި ހަނގުރާމައެއްގައި އޮޅިގަންނާނެ ކަމަށް ބަލާޒް ވިދާޅުވި އެވެ. އެއަށް ވުރެ ނިކަމެތި ކަމެއް މި ޒަމާނަށް ނިސްބަތްވާ ޔޫރަޕަށް ކުރިމަތި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަލާޒް ވިދާޅުވި ގޮތުން ހަންގޭރީ އޮތީ ރަޝިއާ ސުލްހަކުރުމުގެ ނިޔަތުގަ އެވެ. ސުލްހަކުރެވޭނީ ގާބިލުކަން ހުރި ގައުމުތަކުން ރަޝިއާއާ މަޝްވަރާކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަރުމަނާއި ފަރަންސޭސިވިލާތުން ރަޝިއާއާ މަޝްވަރާކުރެއްވުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.