މުހައްމަދު ނާޒިމް

ފަރުވާއަށް ނާޒިމް ސިންގަޕޫރަށް ފުރައިފި

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުން ކަމުގެ ތުހުމަތުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސް ފަރުވާ އަށް ސިންގަޕޫރަށް ފުރައިވަޑައިގަނެފި އެވެ.

ބޭސް ފަރުވާއަށް ފުރައިވަޑައިގަތުމަށް ކަރެކްޝަން އިން ހުއްދަ ދިނުމުން، ނާޒިމް ސިންގަޕޫރަށް ފުރައިވަޑައިގަތީ މިރޭގެ ވަގުތެއްގަ އެވެ. ކަރެކްޝަން އިން ބުނީ ނާޒިމްގެ ބޭސްފަރުވާއަށް މިފަހަރު ދީފައިވަނީ 21 ދުވަސް ކަމަށެވެ. ނާޒިމް ވަނީ މީގެކުރިން ވެސް ވަނީ ލޮލުގެ ފަރުވާއަކަށް 44 ދުވަސް ސިންގަޕޫރުގައި ހޭދަކުރައްވާފަ އެވެ.

ނާޒިމް 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރަނެ ކަމަށް ނާޒިމްގެ އާއިލާ އިން ވަނީ ބުނެފަ އެވެ.

ނާޒިމްގެ މައްޗަށް ދައުވާ ކުރީ ޖެނުއަރީ 18، 2015 ގެ ރޭގެ ދަންވަރު ފުލުހުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަދެ، ބަލައި ފާސްކުރުމުގެ ތެރޭގައި ފިސްތޯލަކާއި ތިން ވަޒަނާއި މެގަޒިނެއްގެ އިތުރުން އަައިއީޑީއެއް ފެނިގެނެވެ.