ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ރިޓަޔާ ކުރައްވާ ކަމަށް ފެތުރިފައިވާ ވާހަކަތައް އެމްއެންޑީއެފުން ދޮގު ކުރައްވައިފި އެވެ.
ޝިޔާމް މަގާމުން ވަކިކޮށް އެ މަގާމަށް އާ ބޭފުޅަކު ލައްވާފައިވާ ފުރަތަމަ އަޑު ފެތުރުނެވެ. އޭގެ ފަހުން އިއްޔެއިން ފެށިގެން އަޑު ފެތުރިފައި ވަނީ އޭނާ ޝަރަފުވެރި ކަމާއެކު ރިޓަޔާ ކުރައްވައި މިއަދު އެކަން އިއުލާން ކުރާ ކަމަށެވެ.
ނަމަވެސް އެމްއެންޑީއެފުން މިއަދު ނމެރުނު ދެ ފޮޅުވަތުގެ ބަޔާނެއްގައި ބުނަނީ ޗީފް އޮފް ޑިފެންސް ފޯސް ރިޓަޔާ ކުރެއްވުމާ ގުޅޭގޮތުން މީޑިއާގެއެކި ވަސީލަތްތަކުގައި ފެތުރެމުންދާ ވާހަކަތަކަކީ އެކަމުގައި އެއްވެސް ހަގީގަތެނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.