އީޕީއޭ

އޮޅުވެލި ރިސޯޓް 20،000 ރުފިޔާ ޖޫރިމަނާކޮށްފި

އޮޅުވެލި ރިސޯޓް
0%
0%
0%

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހްމަދު ސިޔާމު މުހައްމަދުގެ ރިސޯޓެއް ކަމަށްވާ އޮޅުވެލި ރިސޯޓް 20،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އޮޅުވެލި ރިސޯޓް ޖޫރިމަނާކުރީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމާ ގަވައިދުގައިވާ މަރުހަލާތައް ފުރިހަމަ ނުކޮށް އެ ރިސޯޓް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެންނެވެ.

އީޕީއޭ އިން ވަނީ ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކުން އަދި އެ އެޖެންސީ އިން ބެލިބެލުމުން މައްސަލަ ސާބިތުވާ ކަމަށެވެ.

އީޕީއޭ އިން މިމަހުގެ 11 ވަނަ ދުވަހު ޖޫރިމަނާކުރުމާ ގުޅިގެން މިމަހުގެ 18 ވަނަ ދުވަހު އެ ފައިސާ މިހާރު ވަނީ ދައްކާފަ އެވެ.

އީޕީއޭ އިން ވަނީ އޮޅުވެލި ރިސޯޓް ހިންގާ އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންދާ ތިމާވެށްޓާ ގުޅިފައިވާ ހުރިހާ މަޝްރޫއެއް ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނަސޭހަތްތެރިވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910