ދިރާގުން 2025 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ އޮފާތަކެއް ލޯންޗުކޮށްފި އެވެ.
އެގޮތުން އާ އަހަރު ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ އާ އަހަރުގެ ޗުއްޓީއާ ގުޅުވައިގެން ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ ފަދަ ހާއްސަ އޮފާތަކެއް ތައާރަފުކޮށްފަ އެވެ.
ސަޅި ޕްރީޕެއިޑް ޕްރޮމޯ
ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އެންމެ 2،025 ރުފިޔާގެ އޮފާ އަގަކަށް ސަޅި 365 ދުވަސް ނުވަތަ ސަޅި 180 ދުވަސް ޕްލޭނަށް ސަބްސްކްރައިބްކުރެވޭނެ އެވެ.
- ސަޅި 365 ދުވަސް: މިޕްލޭނާއެކު ކަސްޓަމަރުންނަށް ޖުމްލަ 365ޖީބީ (ދުވާލަކު އެއް ޖީބީ)އާ އެކު، އިތުރު އަގަކާ ނުލާ 100 ޖީބީގެ ބޯނަސް ޑޭޓާ ލިބޭނެ.
- ސަޅި 180 ދުވަސް: މިޕްލޭނާއެކު ކަސްޓަމަރުންނަށް ދުވާލަކު ހަތަރު ޖީބީ (ޖުމްލަ 720ޖީބީ) 180 ދުވަހަށް ލިބޭނެ.
ޕޯސްޓްޕެއިޑް ޑޭޓާ ބޫސްޓާ
މި އޮފާގައި ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ހާއްސަ ޑޭޓާ ބޫސްޓާތަކާ އެކު 25ޖީބީ އާ ހަމައަށް އިތުރު ހިލޭ ޑޭޓާ ލިބޭނެ އެވެ.
ސްޓްރީމް 25ޖީބީ އޮފާ
ޕްރީޕެއިޑް ކަސްޓަމަރުންނަށް މި ހާއްސަ ސްޓްރީމިންގް އެޑް-އޮންއާއެކު އެފަރާތްތަކުގެ ހުރިހާ ސްޓްރީމިންގް ބޭނުންތަކަށް 25ޖީބީ މޮބައިލް ޑޭޓާ އެންމެ 25 ރުފިޔާއަށް، 24 ގަޑިއިރުގެ މުއްދަތަށް ލިބިގެންދާނެ އެވެ.
މަންތުލީ ޑޭޓާ ޑޭޓާ އެޑް-އޮންތައް
ވަކި މަންތުލީ ޑޭޓާ އެޑް-އޮންތަކާއެކު ކަސްޓަމަރުންނަށް އެއް އަގެއްގައި 25 އިންސައްތަ އިތުރު ހިލޭ ޑޭޓާ، 30 ދުވަހުގެ މުއްދަތަށް ލިބޭނެ އެވެ.
100ޖީބީ 24 ގަޑިއިރުގެ ޑޭޓާ ޕެކް
ޕްރީޕެއިޑް ކަސްޓަމަރުންނަށް 100ޖީބީގެ 24 ގަޑިއިރުގެ ޑޭޓާ ޕެކް އެކްޓިވޭޓްކޮށްލައިގެން އިތުރު 25ޖީބީ ޑޭޓާ އަދި ދިރާގު ނަންބަރުތަކަށް ހިލޭ ކޯލްތައް – ހަމަ އެއް އަގެއްގައި ލިބިގެންދާނެ އެވެ.
ހިލޭ ކަނެކްޝަން ޕްރޮމޯ
މި ޕްރޮމޯޝަންއާ އެކު، އާ ދިރާގު ފައިބަ ބްރޯޑްބޭންޑް ކަނެކްޝަން ނަގާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ ރައުޓަ އަދި ހިލޭ ސެޓް-އަޕް ލިބިގެންދާނެ އެވެ. މި އޮފާ ކުރިއަށް ދާނީ މިމަހުގެ ނިޔަލަށެވެ.
ހިލޭ ކަނެކްޝަން ޕްރޮމޯ ފިޔަވާ އެހެން ހުރިހަ އޮފާތަކެއް އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. އަދި މި އޮފާތައް ދިރާގު އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ ކަމަށްވެސް ދިރާގުން ބުނެފައިވެ އެވެ.
މި ހާއްސަ އާ އަހަރުގެ އޮފަތަކާ ބޭހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިކޮށް، ކޮންމެ މުނާސަބަތަކާ ވެސް ގުޅޭ ހިތްގައިމު އައު އޮފަތަކާއި ޕްރޮމޯޝަންތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ.