ބޮޑެތި ބޯނަސް ޑޭޓާތަކާއެކު 2025 ވަނަ އަހަރަށް އުރީދޫ އިން ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.
ދިގު މުއްދަތަށް ބޭނުން ކުރެވޭ އާޗާ ޕްރިޕެއިޑް ޑޭޓާ ޕްލޭންތަކުން ފެށިގެން ބޮޑެތި ބޯނަސް ޑޭޓާ ހިމެނޭހެން ތައާރަފް ކުރި މި އޮފާތަކަކީ އުރީދޫ ކަސްޓަމަރުންނަށް މި ބޮޑު ޗުއްޓީ އާއި ކުރިއަށް އޮތް އަހަރަކީ އުޖާލާ އަދި އިތުރަށް ގުޅިފައިވާ އަހަރަކަށް ހެދުމަށް ތައާރަފު ކުރެވުނު ހާއްސަ އޮފާތަކެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް އެޑް-އޯންތަކާއެކު ބޯނަސް ޑޭޓާ
ބޯނަސް ޑޭޓާ
ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ގެ ބައެއް އެޑް-އޯންތަކާއި އެކު 175 ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ލިބޭނެ އެވެ. މި ޑޭޓާ އެޑް-އޮންތަކުގެ ތެރޭގައި އާޗާ ޕެކްތައް، އުރީދޫ ޑޭޓާ ޕެކްތައް އަދި މަގޭ ޕްލޭންސް ހިމެނެ އެވެ.
ބޮޑު ޗުއްޓީއަށް ބޮޑު ޑޭޓާ
ބޮޑު ޗުއްޓީއަށް ބޮޑު ޑޭޓާއާއެކު 50ޖީބީގެ ބޯނަސް ޑޭޓާއާއެކު 150 ރުފިޔާއަށް ކަސްޓަމަރުނަށް މިހާރު 150 ޖީބީ ފަސް ދުވަހަށް ލިބިގެންދާނެ އެވެ.
އުރީދޫ އިން ބުނ ގޮތުގައި ބޯނަސް ޑޭޓާ އޮފާ ގަނެވޭނީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އެޑް-އޯންތައް އުރީދޫ އެޕް މެދުވެރިކޮށް މިހާރު އެކްޓިވޭޓް ކުރެވޭނެ އެވެ.
ދިގު މުއްދަތަށް ބޭނުން ކުރެވޭ އާޗާ ޕްރިޕެއިޑް ޕްލޭންތައް!
ދިގު މުއްދަތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާޗާ ޕްލޭނަތަކަކީ ގިނަ ގިނައިން ރީޗާޖު ކުރަން ނުޖެހޭނެހެން އެއްފަހަރު އެކްޓިވޭޓްކޮށްގެން މުޅި އަހަރަށް، ހަ މަހަށް އަދި ތިން މަހަށް ބޭނުންކުރެވޭ ޕްލޭންތަކެކެވެ.
މި ޕްލޭންތައް މި އޮފަާ އާއި ގުޅިގެން ވަނީ އިތުރު ޑާޓާއާއެކު އަޕްގްރޭޑް ކޮށްފަ އެވެ.
އާޗާ ގެ މި ޕްރިޕެއިޑް ޕްލޭންތައް އުރީދޫ އެޕް އެކްޓިވޭޓް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އާޗާ ޕްލޭންތައް
- އާޗާ އަހަރީ ޕްލޭން: ދުވާލަކު 1.5 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫ ކޯލް އަދި އަންލިމިޓެޑް ވައިބާ އާއި އައިއެމްއޯ ޗެޓް މުޅި އަހަރަށް އެންމެ 2025ރ އަށް. ޖުމްލަ 550 ޖީބީ.
- އާޗާ ހަ މަހުގެ ޕްލޭން: ދުވާލަކު 4.5 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫ ކޯލް އަދި އަންލިމިޓެޑް ވައިބާ އާއި އައިއެމްއޯ ޗެޓް ހަސް މަސް ދުވަހަށް އެންމެ 2025ރ އަށް. ޖުމްލަ 800 ޖީބީ.
- އާޗާ ތިން މަހުގެ ޕްލޭން: ދުވާލަކު 4.5 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫ ކޯލް އަދި އަންލިމިޓެޑް ވައިބާ އާއި އައިއެމްއޯ ޗެޓް ތިން މަސް ދުވަހަށް އެންމެ 1100ރ އަށް. ޖުމްލަ 400 ޖީބީ.
އުރީދޫ އިން ބުނި ގޮތުގައި ބޮޑު ޗުއްޓީ ދުވަސްވަރާއި ދިމާކޮށް އެކުންފުނިން ތައާރަފްކޮށްފައިވާ މި ހާއްސަ އޮފާތަކަކީ އާއިލާއާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށްލާ، ފިލްމް އަދި ސީރީޒްތައް ސްޓްރީމް ކޮށްލާ، ގޭމު ކުޅެލާ، މެދުކެނޑުމެއްނެތި ފުރިހަމަ އިންޓަނެޓް ގެ ތަޖުރިބާ އެއް ހޯދައިދީ އާ އަހަރާއި ގުޅިގެން ކަސްޓަމަރުންނަށް ފޯރު ކޮށްދިން ހަދިޔާއެކެވެ.
އުރީދޫ އިން އާ އަހަރުގެ ތަހުނިޔާ ކިޔާފައިވާއިރު އާ އަހަރުގެ އޮފާތަކުގެ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބޭނެ އެވެ.