އުރީދޫ

އުރީދޫ ބޮޑު ޗުއްޓީ ޕެކް: 100 ރުފިޔާއަށް 100 ޖީބީ

Jul 8, 2022

އުރީދޫ އިން އީދު ބަންދަށް ހާއްސަކޮށް 100 ރުފިޔާ އަށް 100 ޖީބީގެ ޑޭޓާ ލިބޭ ހާއްސަ ޕެކެއް ތައާރަފްކޮށްފި އެވެ.

"ބޮޑު ޗުއްޓީ ޕެކް"ގެ ނަމުގައި ތައާރަފުކުރި މި ޕެކް އެކްޓިވޭޓު ކުރާ ދުވަހުން ފެށިގެން ތިން ދުވަހަށް ބޭނުން ކުރެވެ އެވެ. މި އޮފާ ލިބޭނީ މި މަހުގެ 31 ގެ ނިޔަލަށެވެ.

އުރީދޫ އިން ބުނީ މި ޕެކަކީ އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރު ކުރަމުން ދާތީ އާއިލާ އާއި އެކުވެރިންނާ އޮންނަ ގުޅުން ދެމެހެއްޓުމަށް ފަސޭހަކޮށްދިނުމަށް ދޫކޮށްލި ޕެކެކެވެ.

އުރީދޫގެ މި ހާއްސަ މި މޮބައިލް އެޕް އެކްޓިވޭޓް ކުރެވޭނީ *929*1# އަށް ގުޅައިގެންނާއި 100GB ޖެހުމަށް ފަހު 5555 އަށް އެސްއެމްއެސްއެއް ކޮށްގެންނެވެ،.