އުރީދޫ

އުރީދޫ އީދު އޮފާ މުޅި ހަފުތާއަށް

May 2, 2022

ފިޠުރު ޢީދުގެ މުނާސަބަތުގައި، އުރީދޫން ހާއްސަ އޮފާއެއް ތައާރަފުކޮށްފި އެވެ.

އުރީދޫން މިއަދު ފެށި މި އޮފަރގެ ދަށުން އީދު ޗުއްޓީ ތެރޭގައި ދުވާލަކު އެއްޖީބީ ލިބޭ އާޗާ ޕްރިޕެއިޑް 150ރ ޕެކް ގަތުމުން ހަފުތާއަކަށް ބޯނަސް ޑޭޓާގެ ގޮތުގައި ދުވާލަކު 2 ޖީބީ، މުޅިއަކު ދުވާލަކު 3 ޖީބީ ގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް ލިބޭނެ އެވެ.

މި އޮފާ ތައާރަފް ކުރެވިފައިވަނީ ދުރުގައި ތިބި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކޮށްލާ އީދުގެ އުފަލާ މަޖާ ހިއްސާކޮށްލުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުންނެވެ.

މި ޑޭޓާ ޕެކް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮއްލެވޭނެއެވެ.

އުރީދޫގެ ސީނިއަ މެނޭޖަރު ބްރޭންޑް އެންޑް މާކޮމްސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އުރީދޫ ޓީމްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފިޠުރު ޢީދުގެ ތަހުނިޔާ ކިޔާ ކަމަށެވެ.

އާޗާ ޕްރިޕެއިޑް ބޯނަސް އޮފަގެ އިތުރުން އުރީދޫ ކްލަބް ޕްރިމިއަ ކަސްޓަމަރުންނަށް ވެސް ވަނީ ހާއްސަ އޮފަ އެއް ތައާރަފު ކޮށްފަ އެވެ. ކްލަބް ޕްރިމިއަ ކަސްޓަމަރުންނަށް ޢީދު ބަންދު ތެރޭގައި އުރީދޫ ކްލަބް ޕްރިމިއަ ޕާޓްނަރުންކަމުގައިވާ ޗޮކްލެޓް، ރަޓަޓޫއީ އަދި ޗާކޯލް ކެފޭ އިން 10 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ އެވެ.