އުރީދޫ

އީދަށް އުރީދޫ އިން ހާއްސަ ޑޭޓާ އޮފާތަކެއް ތައާރަފްކޮށްފި

ފިތުރު އީދަކީ އާއިލާ އާއި ރައްޓެހިން އަދި ގާތްތިމާގެ މީހުންނާއެކު ވަގުތު ހޭދަކޮށް އުފާފާޅުކުރާ ދުވަސްވަރަކަށް ވާތީ މިއަހަރުގެ ފިތުރު އީދު ފާހަގަކުރުމަށް އުރީދޫ މޯލްޑިވްސްއިން ހާއްސަ އޮފާތަކާއެކު ތައާރަފްކޮށްފި އެވެ.

އުރީދޫގެ މޯބައިލް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފްކުރެވުނު އާ ދެ އެޑް-އޮން ޕެކަކީ ތިން ދުވަހަށް 100 ޖީބީ ލިބޭ ޗުއްޓީ ޕެކް އަދި 30 ދުވަހަށް 70ޖީބީ ލިބޭ މަގޭ ޕްލޭން 600 ޕެކް އެވެ.

އުރީދޫ އިން ބުނީ މި ހާއްސަ އީދު އޮފަ މެދުވެރިކޮށް މޯބައިލް ކަސްޓަމަރުން އިންޓަނެޓް މެދުވެރިކޮށް ފަސޭހަކަމާއެކު ގުޅުވާލަދީ މި ބަރަކާތްތެރި މުނާސަބަތުގެ އުފާވެރިކަން ދުރުގައި ތިބޭ ރައްޓެހިންނާއި އާއިލާއާ ހިއްސާކުރުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށެވެ.

އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވެސް ޗުއްޓީ ޕެކް 100 ރުފިޔާއަށް އެކްޓިވޭޓް ކުރެވޭނެ އެވެ.

ޗުއްޓީ ޕެކް އެކްޓިވޭޓް ކުރުމަށް:

  • "100 ޖީބީ" ޖެހުމަށްފަހު 5555 އަށް އެސްއެމްއެސް ކުރުން
  • *929*1# އަށް ގުޅައިގެންވެސް އެކްޓިވޭޓް ކުރެވޭނެ
  • އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް http://ore.do/app ޒިޔާރާތްކުރުން
  • ކުއިކް ޕޭ މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް http://ore.do/chutteepack ޒިޔާރާތްކުރުން

އުރީދޫގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް ގެންގުޅޭ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މަގޭ ޕެކް 600 ރުފިޔާއަށް އެކްޓިވޭޓް ކުރެވޭނެ އެވެ. މަގޭ ޕްލޭން 600 ޕެކް އުރީދޫ އެޕް ނުވަތަ ކުއިކް ޕޭ މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ އެވެ.

މި އޮފާތަކުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ވަނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން އުރީދޫ އީދު ސައި - އީދު ނަމާދަށްފަހު ކިންގް ސަލްމާން މިސްކިތުގައި ބާއްވާފަ އެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އުރީދޫގެ ޓީމުތަކުން އީދު ހަދިޔާ ބަހަމުންދާ ކަމަށްވެސް އެކުންފުނިން ބުނެ އެެވެ.