އުރީދޫ

ބޮޑު އީދަށް އުރީދޫގެ ހާއްސަ އޮފާ ތަކެއް

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް އަޟްހާ އީދާ ދިމާކޮށް ހާއްސަ އޮފާތަކެއް އިއުލާނުކޮށްފި އެވެ.

އުރީދޫގެ އެކްސްކްލޫސިވް އީދު ޕްރޮމޯޝަންތަކުގެ ތެރޭގައި ބޯނަސް ޑޭޓާ އޮފާ، ގިފްޓިން އޮޕްޝަންސް އަދި ޕެކް އެކްޓިވޭޓް ކޮށްގެން އަގުހުރި އިނާމު ލިބޭނެ ގޮތްތައް ހިމެނެ އެވެ.

ބޯނަސް ޑޭޓާ އޮފާ ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އުރީދޫގެ ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 350 ރުފިޔާ އާއި އެއަށްވުރެ މަތީގެ ޕެކްތައް އެކްޓިވޭޓް ކުރުމުން 60 އިންސައްތައާ ހަމައަށް ބޯނަސް ޑޭޓާ ލިބެ އެވެ.

ގިފްޓް އަ ޕެކް އުރީދޫގެ ގިފްޓް އަ ޕެކް މެދުވެރިކޮށް ފޮނުވާ ޑޭޓާ ޕެކްތަކަށް އުރީދޫގެ ފަރާތުން އިތުރު އެއް ޖީބީ ހިލޭ ލިބެ އެވެ.

އެކްޓިވޭޓް އެންޑް ވިން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ އެކްޓިވޭޓް އެންޑް ވިން ޕްރޮމޯޝަނުގައި 500 ރުފިޔާ އާއި އެއަށްވުރެ މަތިން ޕެކެއް އެކްޓިވޭޓްކޮށް، އަގުހުރި އިނާމުތައް ލިބެ އެވެ. ނަސީބުވެރިން ހޮވަން ނިންމާފައިވަނީ ގުރުއަތު ލައިގެންނެވެ.

އުރީދޫގެ ބޮޑު ޗުއްޓީ ޕެކާއެކު މިޗުއްޓީގެ ހުރިހާ ވަގުތެއްގައިވެސް ރައްޓެހިންނާއި އާއިލާއާއެކު ހޭދަކުރެވޭނެ ކަމަށްވެސް އުރީދޯ މޯލްޑިވްސް އިން ބުނެ އެވެ.

* 100 ޖީބީ ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 100 ރުފިޔާއަށް، ތިން ދުވަހުގެ ވެލިޑިޓީއަކާއެކު.
* 100 ޖީބީ + 50 ޖީބީގެ ބޯނަސް ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 150 ރުފިޔާއަށް، 5 ދުވަހުގެ ވެލިޑިޓީއަކާ އެކު.

ކުރިއަށް އޮތް އަޟްހާ އީދަކީވެސް އުރީދޫގެ ކަސްޓަމަރުންނަށް ރަގަޅު ފުރުސަތުތަކެއް ލިބޭނެ އީދަކަށް ވާނެ ކަމަށް އެ ކުންފުނިން ދެކެ އެވެ. އުރީދޫގެ އޮފަތަކުގެ އިތުރު މައުލޫމާތު ހޯދުމަށް އަދި އެކްޓިވޭޓް ކުރުމަށް އުރީދޫ ސުޕައެޕް ބޭނުންކުރުމަށްވެސް އުރީދޫ މޯލްޑިވްސް އިން އެދެ އެވެ.