އުރީދޫ

އުރީދޫން އީދަށް ހާއްސަ އޮފާތަކެއް

އީދަށް ހާއްސަކޮށް އުރީދޫ މޯލްޑިވްސް އިން ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.

އުރީދޫ އިން ބުނި ގޮތުގައި އީދަށް ހާއްސަ އޮފާތަކެއް ތައާރަފު ކުރީ އީދަކީ އެއްބައިވަންތަކަމާއި އުފާ ފާޅުކުރުމުގެ ދުވަސްވަރެއް ކަމަށްވުމުން މުޅި ޗުއްޓީ ތެރޭގައި ކަސްޓަމަރުން ގުޅުވާލަދީ އީދުގެ އުފާ ފުރިހަމައަށް ހޯދުމަށް މަގުފަހިކޮށްދިނުމަށެވެ.

އީދަށް ހާއްސަކޮށް އުރީދޫން ތައާރަފުކުރި އޮފާތަކުގެ ތެރޭގައި ޑޭޓާ ޕެކްގެ އިތުރުން އިނާމުވެސް ހިމެނެ އެވެ.

ބޮޑު ޗުއްޓީ ޕެކް

އުރީދޫ އިން ވަނީ 150 ރުފިޔާއަށް 100 ޖީބީ ޑޭޓާ ފަސް ދުވަސް (120 ގަޑިއިރު) އަށް ލިބޭ ބޮޑު ޗުއްޓީ ޕެކެއް ތައާރަފުކޮށްފަ އެވެ. މި ޕެކަކީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭ ޕެކެއް ކަމަށް އުރީދޫން ބުނެ އެވެ.

މި ޕެކާ އެކު އީދުގެ އުފަލުގައި ބައިވެރިވެ ޗުއްޓީ ތެރޭގައި ހުރިހާ ކަސްޓަމަރުންނަށް ވެސް މެދުނުކެނޑި ހައި ސްޕީޑް އިންޓަނެޓް ފަސޭހަކަމާއެކު ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫން ބުނި ގޮތުގައި ބޮޑު ޗުއްޓީ ޕެކް އެސްއެމްއެސް، ޔޫއެސްއެސްޑީ މެނޫ، އުރީދޫ އެޕް އަދި ކުއިކްޕޭ ފަދަ ޗެނަލްތަކުން އެކްޓިވޭޓް ކުރެވޭނެ އެވެ.

އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް "V150" ޖެހުމަށްފަހު 5555 އަށް އެސްއެމްއެސް ކުރުމުން ބޮޑު ޗުއްޓީ ޕެކް އެކްޓިވޭޓް ކުރެވޭނެ ކަމަށާއި ޔޫއެސްއެސްޑީ މެދުވެރިކޮށް *929*1# އަށް ގުޅުމުން އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އައިފޯން 14ގެ އިތުރުން ހާއްސަ އިނާމުތައް

އުރީދޫން ބުނީ އީދު ޗުއްޓީގައި އުރީދޫ ހޯމް ބްރޯޑްބޭންޑްގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ހިދުމަތް ނަގާ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެ ގޮތުން ޖުލައި 31 ވަނަ ދުވަހުގެ ކުރިން އާ ސުޕަނެޓް ކަނެކްޝަނެއް، ފަސޭހަ ހޯމް ބްރޯޑްބޭންޑް ނުވަތަ ފަސޭހަ ޕްލަސްގެ އިތުރުން 5ޖީ އެއާފައިބަ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް އެޕަލްގެ އެންމެ ފަހުގެ ފޯނު -- އައިފޯން 14 ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

މި ތިން ނަސީބުވެރިން ހޮވާނީ އޮގަސްޓް މަހު އެވެ.

މީގެ އިތުރުން ސުޕަނެޓް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންގެ ތެރެއިން ތިން ނަސީބުވެރިންނަށް ހާއްސަ އިނާމުތަކެއް ލިބޭނެ އެވެ.

އޭގެ ތެރޭގައި ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް، ވާވޭ ވޮޗް ބަޑްސް އަދި ސެމްސަންގް ގެލެކްސީ ބަޑްސް 2 ގްރެފައިޓް - އެސްއެމް-އާރް177 ފަދަ އަގުހުރި އިނާމުތަކެއް ހިމެނެއެވެ. މި ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހު އެވެ.

އުރީދޫން އީދަށް ހާއްސަކުރި އޮފާއާ ގުޅޭ ގޮތުން އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރުކުރަން މި އޮފާތައް ކަމުދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތައް ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދީ މި ޗުއްޓީ ތެރޭގައި ކަސްޓަމަރުން ގުޅުވާލަދިނުން،" ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.