އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަން ޕްރޮމޯޝަންގައި 25 ނަސީބުވެރިން ހޮވާފައިވާއިރު އިތުރު ފަސް ސައިކަލު ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް އަދިވެސް އެބަ އޮތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި ޕްރޮމޯޝަންގައި ބާކީ ހުރި ސައިކަލުތަކުގެ ތެރޭގައި އެއާބްލޭޑް ސައިކަލާއި ޕީސީއެކްސް ސައިކަލެއްގެ އިތުރުން ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމު -- ރެބެލް ސައިކަލު ހިމެނެ އެވެ.
ޕްރޮމޯޝަންގައި މިހާރު ކާމިޔާބު ކުރުމަށް ބާކީ ހުރި ސައިކަލުތައް
- 2 އެއާރބްލޭޑް 160 – ސްޓޭންޑަޑް އެޑިޝަން
- 1 އެއާބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން
- ޑިސެމްބަރު މަހުގެ އެންމެ އަގުހުރި އިނާމު - ޕީސީއެކްސް 160
- އެންމެ އަގު ހުރި އިނާމު - ރެބެލް 300 (2024)
އުރީދޫ އިން މި ޕްރޮމޯޝަން ތައާރަފުކުރީ މިއަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހު އެވެ.
މި ޕްރޮމޯޝަންގައި ކޮންމެ ތިން ދުވަހަކުން އެއް ސައިކަލު ދެމުން އަންނައިރު ޕްރޮމޯޝަން ނިމޭއިރު ޖުމްލަ 30 ސައިކަލު ނަސީބުވެރި ފަރާތްތަކަށް ދެވޭނެ އެވެ.
މި ޕްރޮމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށްދާއިރު، ބާކީ ހުރި ފަސް ސައިކަލު ހޯދުމުގެ ފުރުސަތު އަދިވެސް ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފައިވެ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އުރީދޫ މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންގެ އިތުރުން އަލަށް އުރީދޫ އާއި ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
ޕްރޮމޯޝަނުގައި ބައިވެރިވުމަށް
- އުރީދޫ ކަސްޓަމަރެއްނަމަ ފާއިތުވި 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބައްލަވައިގަނެފައިވުން
- އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
- އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުން.
މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގައި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކް ތައާރަފްކުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
މީގެ އިތުރުން މި ޕްރޮމޯޝަން އަކީ އުރީދޫ ކަސްޓަމަރުންގެ އިތުބާރާއި އެއްބާރުލުން ފާހަގަކޮށް ކަސްޓަމަރުންގެ ވަޒަން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މި ޕްރޮމޯޝަން ގެ އެންމެ އަގު ހުރި އިނާމް 2024 ރެބެލް 300 ހިމެނޭ ގޮތަށް ކާމިޔާބު ކުރަން ބާކީ ފަސް ސައިކަލު އޮތް އިރު، ނަސީބުވެރި ފަރާތްތަކުގެ މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތަކުން އިއުލާނު ކުރަމުންދާނެ އެވެ.