އުރީދޫ

މޫލީ އަށް އަގުހެޔޮކޮށް ސެމްސަންގުގެ ގިނަ ފޯނުތަކެއް

Jun 11, 2022

އުރީދޫގެ އީ- ކޮމާސް ޕްލެޓްފޯމް މޫލީއިން ސެމްސަންގުގެ ގިނަ ފޯނުތަކެއް ވިއްކަން ފަށައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ދުނިޔޭގެ އެންމެ ބޮޑު ފޯނު އުފައްދާ އެއް ކުންފުނި ކަމަށްވާ ސެމްސަންގް ކުންފުނީގެ ސެމްސަންގުގެ ފޯނުގެ ގިނަ ވައްތަރުތަކެއް ހާއްސަ އަގުތަކެއްގައި މިހާރު މޫލީއިން ލިބޭނެ ކަމަށެވެ.

އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީ ލޯންޗްކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ. މި ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ މުޅި ރާއްޖެއަށް ޑެލިވަރީގެ ހިދުމަތްދޭ އޮންލައިން ޕްލެޓްފޯމެއްގެ ގޮތުގަ އެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ގޭގައި ތިބބެގެން ވިޔަފާރިކޮށްލުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށްވެސް ލިބެ އެވެ.