އުރީދޫ

އުރީދޫ އެޕުން ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް

Oct 7, 2021

ސާފު ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސާ އުރީދޫ މޮބައިލް އެޕްލިކޭޝަނުން ގޭމެއް ކުޅެގެން އެއް ޖީބީ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ 13 ވަނަ ސާޕް ޗެމްޕިއަންޝިޕް މުބާރާތާއި ގުޅިގެން ރާއްޖޭގައި ގައުމީ ޖޯޝާއި ފުޓުބޯޅައިގެ ފޯރި އިތުރުކުރުމުގެ ގޮޮތުން، މުބާރާތުގެ "ޓައިޓަލް ސްޕޮންސަރު" އުރީދޫ މޯލްޑިވްސް އިން ގޯލް ޖަހައިގެން މޮޅުވާ ފަރާތްތަކަށް ހިލޭ އެއް ޖީބީ ޑޭޓާ ލިބޭ ގޭމެއް އުރީދޫ މޯލްޑިވްސްގެ ސެލްފްކެއާ އެޕް ގައި ފަށާފައިވާ ކަމަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 50 ރުފިޔާއިން މަތިން ރީޗާޖް ކުރާ ފަރާތްތަކަށާއި ޕެކް އެކްޓިވޭޓް ކުރައްވާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަންގައި ޕެނަލްޓީ ކިކަކުން ގޯލަށް ޖަހައިގެން ސްކޯ ކުރާ ކަސްޓަމަރުންނަށް ހިލޭ ޖީބީ ލިބޭނެ އެވެ.

ޕްރޮމޯޝަންގައި ބައިވެރިވާނެ ގޮތް

  • އުރީދޫ އެޕަށް ޒިޔާރާތްކޮށްލާ
  • 50 ރުފިޔާ އިން މަތިން ރިޗާޖްކޮށްލާ
  • ރީޗާޖްކޮށްލުމުން ސްކްރީނުން ފެނިވަޑައިގަންނަވާ PLAY ONCE އަށް ފިތާލާ
  • ޕެނަލްޓީ ކިކަކުން ގޯލްޖަހާ ހިލޭ ޑޭޓާ ހޯދާ

ސާޕް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި ސޯޝަލް މީޑިއާ ކޮންޓެސްޓް އަދި އުރީދޫ އީ-ކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް މެޗްތައް ބަލާލުމަށް ޓިކެޓް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މީގެ އިތުރުން ފުޓުބޯޅައިގެ ފޯރީގައި ރައްޔިތުންނާއި ބައިވެރިވެ ކުލަގަދަ ކުރުމަށް އެކި އެކި ހަރަކާތްތައް ވަނީ ރޭވިފަ އެވެ.