މޫސުން

ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާތީ ޔެލޯ އެލާޓް ނެރުނީ މިއަދުގެ އިރުއޮއްސި 6:30ގެ ނިޔަލަށެވެ.

މެޓް އޮފީހުން ބުނީ އެލާޓްގެ ވަގުތުގައި ގުގުރުމާ އެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.

ކުރިއަށް އޮތް އާދިއްތަ ދުވަހުގެ ނިޔަލަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން އޮތީ ކުރިންވެސް ލަފާކޮށްފަ އެވެ.

މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅޭ އިދާރާތަކުންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މޫސުން ގޯސްވެފައި މިވަނީ އާ އަހަރާ ދިމާކޮށް ސަރުކާރު ބަންދުވެފައި ވަނިކޮށާއި ސްކޫލުތައް ބަންދުވެފައި ވަނިކޮށެވެ.