މޫސުން

ނަރުދޫއަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް

ށ. ނަރުދޫއަށް އުދައަރައި ފެންބޮޑުވެފައި
0%
0%
0%

ށ. ނަރުދޫއަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ނަރުދޫއަށް އުދައަރަން ފެށީ ރޭ ދަންވަރު ދިޔަވަރު އެންމެ ބޮޑުވި ވަގުތުން ފެށިގެންނެވެ.

ނަރުދޫގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވުމާ ގުޅިގެން ސިފައިންގެ ހާއްސަ ޓީމެއް ނަރުދުއަށް ގޮސް އެ ރަށުގެ ރައްޔިތުންނާ ގުޅިގެން މިހާރު ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ނަރުދޫ ކައުންސިލް އިދާރާ އިން ބުނާ ގޮތުގައި އެރަށަކީ އަބަދުވެސް އުދައަރާ ރަށެކެވެ. ނަމަވެސް އުދައިގެ އަސަރު މިއަދު މާބޮޑަށް ގޯސްވީ ރަށުގެ އިރުމަތި ފަރާތުގައި އަލަށް ތަރައްގީ ކުރަމުންދާ ބަނދަރުގެ ބޭރު ތޮށިލާފައި ނުވާތީ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ށ. ނަރުދޫއަށް އުދައަރައި ފެންބޮޑުވެފައި

އުދައިގެ ސަބަބުން ނަރުދޫގެ 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އެގޮތުން އެ ގޭތަކުގައި ހުރި ހިފާ ގެންގުޅޭ އަސާސީ މުދަލާއި ހައްދާފައި ހުރި ބައެއް ގަސްތަކަށް ގެއްލުންވެފައިވެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އިރުވައި މޫސުމުގައި ހަޅަޖަހަމުންދާތީ ކުރަމުންދާ ވިއްސާރަ އެކެވެ. ހަޅަޖަހަން ފެށީ މިދިޔަ ޑިސެމްބަރު 23 ވަނަ ދުވަހު އެވެ. ހަޅަޖެހުން ނިމޭނީ ޖެނުއަރީ 18 ގައެވެ.

ހަޅަޖެހުމުން އިރުމަތީ ފަރާތުން ގަދަޔަށް ވައި ޖެހުމާ އެކު ކަނޑުތައް އާދަޔާ ހިލާފަށް ގަދަވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910