މޫސުން

ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ފަށައިފި

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އައިޖީއެމްއެޗް އާއި ވެސްޓް ޕާކް އަދި މާފަންނު ފެރީ ޓާމިނަލް ކައިރިން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ވާރޭ ވެހި ފެން ބޮޑުވުމުން ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

މޫސުން ގޯސްވުމާ ގުޅިގެން ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓް މިއަދު މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.