އެމްޑަބްލިއުއެސްސީ

ހިޔާ ފްލެޓްތަކަށް އަލުން ފެން ފޯރުކޮށްދީފި

ހުޅުމާލެ ހިޔާ ފްލެޓްތައް -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކަށް އަލުން ފެން ފޯރުކޮށްދީފި އެވެ.

ހިޔާ ޓަވަރު 1 އިން 8 އަށް ފެނުގެ ހިދުމަތް މެދު ކެނޑުނީ ފެން ފޯރުކޮށްދޭ ބޫސްޓާ ޕަމްޕު ސިސްޓަމަށް ދިމާވި ކަރަންޓުގެ މައްސަލައަކާއި ގުޅިގެންނެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ ދިމާވި މައްސަލަ ހައްލުކޮށް މިހާރު ފެން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

އެ މައްސަލަ ހައްލުކުރުމުގައި ސްޓެލްކޯ އާއި އެޗްޑީސީ އިން ފޯރުކޮށްދިން އެހީތެރިކަން އެމްޑަބްލިޔުއެސްސީ އިން ވަނީ ފާހަގަކޮށްފަ އެވެ.

މިދިޔަ ހުކުރު ދުވަހުވެސް ހުޅުމާލޭ ހިޔާ ފްލެޓް 1 އިން 8 ގެ ހުރިހާ ފަންގިފިލާތަކުން ފެނުގެ ހިދުމަތް މެދުކެނޑުނެވެ. އެ ފަހަރު ފެނުގެ ހިދުމަތް މެދުކެނޑުނީ އެ ސަރަހައްދުގެ ފެނުގެ ވިއުގައިގައި ދިމާވި ކުއްލި މައްސަލައަކާ ގުޅިގެންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910