އައްޑޫ ސިޓީ

ސައިކަލެއްގައި ދިޔަ ދެ އަންހެން ކުދިން ހިފެހެއްޓި މީހަކަށް ޖަލު ހުކުމެއް

އައްޑޫ ލިންކް ރޯޑް
0%
0%
0%

ސައިކަލެއްގައި ދިޔަ ދެ އަންހެން ކުދިން ހިފެހެއްޓި ވެމްކޯ މުވައްޒަފަކަށް ޖަލު ހުކުމެއް އަތުވެއްޖެ އެވެ.

މިއީ 2022 ވަނަ އަހަރުގެ ތެރޭގައި އައްޑޫގައި ހިނގި ހާދިސާއެކެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އައްޑޫ ލިންކް ރޯޑުގައި 2022 ވަނަ އަހަރުގެ އޮގަސްޓް މަހު 14 ވަނަ ދުވަހު، ދެ އަންހެން ކުދިން ދުއްވާފައި ދިޔަ ސައިކަލެއް ހިފަހައްޓައި މީހަކު ވަނީ އެ ދެ ކުދިންގެ ގައިގައި އަތްލައި އެ ކުދިންނަށް ގޯނާކޮށްފަ އެވެ.

މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް ގައިގައި އަތްލުމުގެ ދެ ދައުވާއެއް އުފުލިއެވެ. އެއީ އެއް އަންހެން ކުއްޖާގެ މޭމަތީގައި އަދި ކަނައަތުގައި އަތްލައިގެންނާއި އަދި އަނެއް އަންހެން ކުއްޖާގެ ކަނައަތުގައި ހިފައިގެންނެވެ.

މި ދެ ދައުވާއަށްވެސް ދައުވާ ރައްދުވީ ދިވެހި ފިރިހެން މީހާވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ.

މި ދެ މައްސަލައިގެ ތެރެއިން އެއް މައްސަލައިގައި އެ މީހާގެ މައްޗަށް އިއްވީ، 13 ދުވަހުގެ ޖަލު ހުކުމެވެ. އަނެއް މައްސަލައިގައި 18 ދުވަހުގެ ހުކުމެވެ. އެހެންނަވެސް މި ދެ ހުކުމް ޝަރިއަތުންވަނީ 6،200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910