އައްޑޫ ސިޓީ ކައުންސިލް

އައްޑޫއަށް އަނެއްކާވެސް އުއްމީދެއްް، ސަވާހިލި ޓޫރިޒަމަށް ތަރައްގީކުރަނީ

ޓޫރިޒަމަށް ހުޅުވާލާ ރަށް ސަވާހިލި
0%
0%
0%

އައްޑޫ ސިޓީގެ ފަޅުރަށެއް ކަމަށްވާ "ސަވާހިލި"ގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

މަރަދޫފޭދު އާއި ފޭދޫއާ ދޭތެރޭ ފުއްޓަރުގައި އޮންނަ ކުޑަކުޑަ ރަށެއް ކަމަށްވާ ސަވާހިލި ކުއްޔަށް ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވަނީ 50 އަހަރުގެ މުއްދަތަށެވެ.

ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބީލަމުގައި ބައިވެރިވުމަށް ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ ދިވެހި ބައެއްނަމަ 15،000 ރުފިޔާ އަށެވެ. ބޭރު ބައެއް ނަމަ ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 1،000 ޑޮލަރަށެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ މެއި 15 ވަނަ ދުވަހު މެންދުރުފަހު 1:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާ އަށެވެ.

ސަވާހިލި ތަރައްގީކޮށް ނިމޭއިރު އެ ތަނުގައި މަދުވެގެން 10 ކޮޓަރިއާއި ރެސްޓޯރަންޓަކާއި، އިންޑޯ / އައުޓްޑޯ ސްޕޯޓްސް ފެސިލިޓީއަކާއި، ވޯޓާ ސްޕޯޓްސް ސެންޓަރަކާއި، ބާއަކާއި، ޕޫލަކާއި، ސްޕާ / ވެލްނެސް ސެންޓަރަކާއި އެ ނޫންވެސް ޓޫރިސްޓުންނަށް ބޭނުންވާނެ ފެސިލިޓީތައް ހަދަންޖެހެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ސަވާހިލި ކިޔާ ރަށެއްގައި ފަތުރުވެރިކަން ތަރައްގީކުރަން ނިންމިއިރު ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ އައްޑޫގައި މުޅިން އަލަށް ތިން ރަށް ހިއްކައި އެ ތިން ރަށުގައި ރިސޯޓް ހެދުމަށް ނިންމާފަ އެވެ. ނަމަވެސް އެ ތަނުން އެއްވެސް ރަށެއްގައި މިހާތަނަށް ފަތުރުވެރިކަމާ ގުޅޭ އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910