އަލީ ނިޒާރު

އައްޑޫގެ ޓޫރިޒަމް އިޝްތިހާރު ކުރަން މޭޔަރު ނިޒާރު ލަންޑަނަށް

އައްޑޫގެ މޭޔަރު އަލީ ނިޒާރު
0%
0%
0%

އައްޑޫގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު އިނގިރޭސިވިލާތަށް ވަޑައިގެންފި އެވެ.

އައްޑޫގެ ފަތުރުވެރިކަން އިޝްތިހާރު ކުރާނީ އިނގިރޭސިވިލާތުގެ ލަންޑަންގައި މިއަދު ފެށި ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައެވެ.

ރާއްޖޭގެ ފަތުުރުވެރިކަން އިޝްތިހާރު ކުރުމަށް އުފައްދާފައިވާ ކުންފުނި -- އެމްއެމްޕީއާރްސީގެ އިސްވެރިންނާ އެކު އަލީ ނިޒާރު މިވަގުތު ހުންނެވީވެސް ލަންޑަންގަ އެވެ.

ޑަބްލިއުޓީއެމްގައި އައްޑޫގެ ފަތުރުވެރިކަމަށް ހާއްސަކޮށްގެން އިޝްތިހާރު ކުރުމުގެ ހަރަަކާތްތަކެއް ހިންގާ މިއީ ފުރަތަމަ ފަހަރެވެ.

އައްޑޫގެ ފަތުރުވެރިކަން ޑަބްލިއުޓީއެމްގައި އިޝްތިހާރު ކުރުމަށް ހަމަޖެހިފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އިފްތިތާހު ކުރި އައްޑޫގެ ޓޫރިޒަމް ބްރޭންޑް "ބިޔޯންޑް ދި އީކްއޭޓަ"ގެ ނަމުގައެވެ.

އެތައް ބަޔަކު ޒިޔާރާތް ކުރާ ވޯލްޑް ޓްރެވަލް މާކެޓް ކުރިއަށް ދާނީ މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910