ކްރޫޒްޝިޕެއްގައި 100 އަށްވުރެ ގިނަ ފަތުރުވެރިން އައްޑޫ ސިޓީއަށް ޒިޔާރަތްކޮށްފި އެވެ.
ނޮބެލް ކެލެޑޯނިއާ ނަމަކަށް ކިޔާ މި ކްރޫޒްޝިޕް މަރަދޫއަށް ބަނދަރުކުރީ ހުކުރު ދުވަހު ހެނދުނު އެވެ.
މިއީ މި އަހަރު އައްޑޫއަށް ޒިޔާރަތްކުރި ފުރަތަމަ ކްރޫޒްޝިޕެވެ.
މި ކްރޫޒްޝިޕުން ޒިޔާރަތްކުރި ފަތުރުވެރިންނަށް މަރަދޫ ބަނދަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރާއި ކައުންސިލްގެ މެންބަރުންވެސް ބައިވެރިވި އެވެ.
ކްރޫޒްޝިޕްގައި އައްޑޫއަށް ޒިޔާރަތްކުރި ފަތުރުވެރިން ވަނީ އައްޑޫގެ ނޭޗާ ޕާކާއި ތާރީހީ ބައެއް ތަންތަން ބަލާލާފަ އެވެ.
އައްޑޫއަށް ކްރޫޒްޝިޕެއް ޒިޔާރަތްކޮށްފައިވާއިރު އައްޑޫގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.