އިމްރާން ޚާން

އިމްރާންގެ އަނބިކަނބަލުންވެސް ޖަލަށް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އާއި ބުޝްރާ ބިބީ އެގައުމުގެ ކޯޓެއްގެ ތެރޭގައި
0%
0%
0%

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ މައްޗަށް ބިމާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، 14 އަހަރުގެ ޖަލު ހުކުމެއް އިސްލާމާބާދުގެ ކޯޓަކުން އިއްވައިފި އެވެ.

އިމްރާން ހާންގެ މައްޗަށް ސާބިތުކުރެވުނު ކުށަކީ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވިއިރު ރިއަލް އެސްޓޭޓް ވިޔަފާރިވެރިއެއް ކަމުގައިވާ މަލިކް ރިޔާޒް ހުސައިންގެ އަތުން ނާޖާއިޒު ފައިދާ ހޯދުމުގެ ގޮތުން ބިމެއް ބަދަލުކުރި މައްސަލަ އެވެ.

މި މައްސަލައިގައި އިމްރާން ހާންގެ އަނބިކަނބަލުން ބުޝްރާ ބިބީގެ މައްޗަށްވެސް ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. މީގެ އިތުރުން އިމްރާން ހާން އެއް މިލިއަން ޕާކިސްތާނީ ރުޕީސްއިން ޖޫރިމަނާ ކުރުމަށްވެސް ކޯޓުން ނިންމި އެވެ.

އިމްރާން ހާންގެ ޕާޓީ -- ޕާކިސްތާން ތަހްރީކް-އީ-އިންސާފް (ޕީޓީއައި) އިން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ދައުވާކުރެވުނު ބިމަކީ އަމިއްލަ ފަރުދެއްގެ ބިމެއް ނޫނެވެ. އެއީ ތައުލީމީ މުއައްސަސާއަކަށް ހާއްސަކޮށްފައިވާ ބިމެކެވެ.

ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ހާން ހުންނެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޖަލުގަ އެވެ.

އޭނާގެ މައްޗަށް 150 އަށް ވުރެ ގިނަ ޖިނާއީ ދައުވާ ކުރަން ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިމްރާން ހާން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ހުރިހާ ދަޢުވާތަކަކީވެސް ސިޔާސީ ބޭނުމަށް އުފައްދާފައިވާ ދަޢުވާތަކެއް ކަމަށެވެ.

އިމްރާން ހާން ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން ވަކިކުރެވުނީ 2022 ވަނަ އަހަރު، ޕާކިސްތާނުގެ ޕާލިމެންޓުގައި އޭނާއާ ދެކޮޅަށް ނެގުނު އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910