ޖަލުގައި ހުންނެވި ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، ނޯބެލް ސުލްހައިގެ އިނާމަށް ހޮވިއްޖެ އެވެ. އޭނާއަށް ސުލްހައިގެ އިނާމު މި ލިބެނީ އިންސާނީ ހައްގުތަކަށް ވާކާލާތުކުރެއްވުމާއި ޑިމޮކްރަސީއަށް ކުރެއްވި ޚިދުމަތަށެވެ.
އިމްރާނަށް މި އިނާމު ހޯދައިދިނުމުގައި އިސްވެ މަސައްކަތްކޮށްފައި ވަނީ ޕާކިސްތާން ވޯލްޑް އޭލިއަންސް (ޕީޑަބްލިޔޫއޭ) އިންނެވެ. މިއީ ނޯވޭގެ ސިޔާސީ ޕާޓީތަކާ ގުޅުން އޮންނަ އަދި ހައްގުތަކުގެ ދިފާއުގައި ވަކާލަތުކުރާ ޖަމިއްޔާ އެކެވެ.
އިމްރާން ހާން މީގެ ކުރިންވެސް ވަނީ ނޯބެލް ސުލްހައިގެ އިނާމަށް ހޮވިފަ އެވެ. އޭނާ މި ލިސްޓަށް 2019 ގައި ވެސް ވަނީ އަރާފަ އެވެ. އެއީވެސް އިންސާނީ ހައްގުތައް -- އޭޝިއާ ބައްރުގައި އިންސާނީ ހައްގުތަކަށް ކުރެއްވި ވަކާލާތުގެ ސަބަބުންނެވެ.
ނޯބެލް ސުލްހައިގެ އިނާމަށް ނަން ހޮވުމަކުން އަދި އެ އިނާމެއް ނުލިބެ އެވެ. ސުލްހައި އިނާމު ދިނުމަށް ހޮވޭ ކެނޑިޑޭޓުންގެ ތެރެއިން މަރުކަޒީ އުސޫލުތަކުން މި އިނާމު ލިބެނީ ޕެނަލަކުން ހޮވާ ވަަކި ކެނޑިޑޭޓަކަށެވެ.
ނޯބެލް ސުލްހައިގެ އިނާމު ދިނުމުގައި، އެ މީހަކު ކުރާ މަސައްކަތްތަކަކަށް ވުރެ މިހާރު ސިޔާދީ ދައުރު އޮންނަނީ ބޮޑުވެފަ އެވެ. ސިޔާސީ ގޮތުން ހުޅަނގު އެޖެންޑާއަށް ފެތޭ ނަމަ -- އަމަލީ މައިދާނުގައި ކަމެއް ނެތަސް، މި އިނާލު ލިބޭ ހާލަތްތައް ވެސް ވަނީ ތަޖުރިބާކުރެވިފަ އެވެ.
ނޯބެލް ސުލްހައިގެ އިނާމު ދިނުމަށް ކޮންމެ އަހަރަކު ނޯވޭޖިއަން ނޯބެލް ކޮމެޓީއަށް ހުށަހެޅޭ އެތައް ސަތޭކަ ނަމެއް ދިރާސާކުރެވެ އެވެ. މިއީ އަށެއްކަ މަހުގެ ދިގު މަރުހަލާއެކެވެ. މި އަހަރު މި އިނާމު ދިނުން އޮންނާނީ އޮކްޓޯބަރު 7 އަދި 14 ގައެވެ.
އިމްރާން ޚާންގެ ސިޔާސީ ސަޚުސިއްޔަތުގެ ސަބަބުން އޭނާ މިހާރު ހުންނެވީ ޖަލުގަ އެވެ. އޭނާއަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އޮތުމުން އޯގަސްޓް 2023 ގައި ޝަރީއަތްކުރެވި ވަނީ 14 ހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.