އިމްރާން ޚާން

މަދަނީ ބަސްނޭހުމަކަށް ދާނެކަމުގެ އިންޒާރު

ޖަލުގައި ބަންދުކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން
0%
0%
0%

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަންނަ ހަފްތާގައި މަދަނީ ބަސްނޭހުމުގެ ހަރަކާތެއް ފައްޓަވާނެކަމުގެ އިންޒާރު ދެއްވައިފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ އޭނާއަށް ތާއީދުކުރާ މީހުން އަންނަ ހަފްތާގައި މުޒާހަރާއެއް ބޭއްވުމަށް ގޮވާލައްވާފަ އެވެ.

އިމްރާން ޚާންގެ މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި ނޮވެމްބަރު 25 ވަނަ ދުވަހު އިސްލާމްއާބާދުގައި ހިނގި ހަމަނުޖެހުންތަކުގައި 12 މީހުން މަރުވި ކަމަށް ބެލެވޭ މައްސަލައާއި، މިދިޔަ އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި 8 މީހުން މަރުވި ކަމަށް ބުނާ މައްސަލަ ބެލުމުގައި އިހްމާލުވުން އޮތުން ހިމެނެ އެވެ.

އިމްރާން އިތުރަށް ވިދާޅުވީ ހައްޔަރުކޮށްފައިވާ ހުރިހާ ސިޔާސީ މަސައްކަތްތެރިން މިނިވަން ކުރަންޖެހޭނެ ކަމަށާއި، އެފަދައިން ނުކޮށްފިނަމަ "މަދަނީ ބަސްނޭހުމުގެ ހަރަކާތެއް" ފައްޓަވާނެ ކަމަށެވެ.

ނޮވެމްބަރު 25 ވަނަ ދުވަހު ބޭއްވި ހިނގާލުމުގައި މީހަކު މަރުވިކަން ޕާކިސްތާނުގެ ސަރުކާރުން ދޮގު ކުރެ އެވެ. ސަރުކާރުން ބުނާ ގޮތުގައި އިމްރާނަށް ތާއީދުކުރާ މީހުން ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހު އަސްކަރީ މަގާމުތަކަށް ހަމަލާ ދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910