ފައިނު

ފައިނުގައި އެއާޕޯޓް އެޅުމަށް އެމްޓީސީސީއާ ހަވާލުކުރަނީ

ރ. ފައިނު
0%
0%
0%

ރ. ފައިނުގައި އެއާޕޯޓެއް އެޅުމަށް ނިންމާ، އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިކަން އިއުލާންކުރެއްވީ މިއަދު ރ. ފައިނަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

ރައީސް ވިދާޅުވީ ފައިނު އެއާޕޯޓްގެ މަސައްކަތް ފެށުމަށް އަންނަ މަހުގެ ތެރޭގައި އެމްޓީސީސީއާ އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ކުރާނީ މިއަދު އެރަށުގައި އިފްތިތާހު ކުރެވުނު ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތަށް ހުއްޓުމެއް ނާންނާނޭ ގޮތަށް އެއާޕޯޓު އެޅުމަށް ބޭނުންވާ ޖާގަ ހޯދައިގެން ކަމަށެވެ.

"މިއީ [އެއާޕޯޓުގެ މަސައްކަތަކީ] ފައިނާއި އެ ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް އޮތް ފުރުސަތެއް. މިއީ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރެވޭ އިންވެސްޓްމަންޓަކަށް ވެގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ދެން އެރަށަށް ވަޑައިގަންނަވަން އުއްމީދު ކުރައްވަނީ އެއާޕޯޓު ހުޅުވުމަށް ކަމަށެވެ.

މި ރަސްމިއްޔާތުގައި ފައިނުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލް އިދާރާ މެދުވެރިކޮށް ކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އާއި އެ ރަށު ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފަ އެވެ.

ފައިނުގައި އެއާޕޯޓެއް އެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އޭރު އެ އެރަށުގައި އެއާޕޯޓް އެޅުމާ ދެކޮޅަށް ބަޔަކު މުޒާހަރާކުރުމުން އެ މަސައްކަތް ހުއްޓާލީ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345