ލ. ގަމުގެ އިޚްތިސާސްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމަނައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ނިންމުން ނިންމެވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިސާސް ކަނޑައެޅުމަށް އެމަނިކުފާނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، މިއަދު ނެރުއްވި ގަރާރުގައެވެ.
ގަމުގެ އިޚްތިސާސްށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، ގަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުވެސް ކޮށްފަ އެވެ.